ޚަބަރު

ކޮވިޑުން އަރައިގަތުމަށް 3.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ނުަރައްކާތެރި ކޮވިޑް 19ގެ ބިރުވެރިކަން ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާ އިރު މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މިހާތަނަށް 3.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ޢާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓްރީން އާއްމުކުރާ ހަފްތާގައި ހަރަދު ކުރިވަރުގެ ރިޕޯޓް "ވީކްލީ ކޯވިޑް-19 ސްޕެންޑިން" އިން ދައްކާ ގޮތުގައި މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑުގެ ހާލަތުން އަރައިގަތުމަށް ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް ވަނީ 1.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އިކޮނޮމިކްރެސްޕޮންސް ސްޕެންޑިންއަށް 1.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް 1.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ އިރު، މިއީ ހުސްވި ހަފްތާއަށްވުރެ 30 ބިލިއަން ރުފިޔާ އިތުރު އަދަދެެކެވެ.

ކޯވިޑް-19އަށް ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޚަރަދެއް ހިނގައިފައި ވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 499.7 މިލިއަން ރުފިޔާ ވަނީ ހޭދަ ކުރައްވާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެ، ސިއްހީ އެހީތެރިންނަށް ޖެހިފައިވާއިރު، ވޮލެންޓިއަރކޮށް އެހީތެރިވެދޭނެ ފަރާތްތައް ހޯދަން ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!