Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުޅުމާލޭ ފެސިލިޓީގައި ހުރި ދަތިތައް ހައްލުކުރުމަށް ކުއްލި މައްސަލައެއް!

ހުޅުމާލޭ ފެސިލިޓީގައި ހުރި ދަތިތައް ހައްލުކުރުމަށް ކުއްލި މައްސަލައެއް!

ކޯވިޑް-19ގެ ބަލިމަޑުކަމުގައި ހުޅުމާލޭ ފެސިލީގައި ހުރި ދަތިތައް ހައްލު ކުރުމަށް ގޮވައިލައި، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. މައްސަލައިގައި ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ މިހާލަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑަށް ޓެސްޓް ކުރެވޭނެ އަވަސް ގޮތްތަކެއް ފަހިކޮށްދެއްވަން ޖެހޭ ކަމަށާއި އަތޮޅު ތެރޭގައި ކޯވިޑް ފެތުރުމަށް މިއަދު ދިމާވާ އެންމެ ބޮޑު ސަބަބަކީ ސާމްޕަލް ނެގުމަށް ފަހު ނަތީޖާ ލިބުން ލަސްވުން ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓިގައި ވަރަށް ގިނަ ރައްޔިތުން ދުނިޔެ ދޫކޮށް ދާކަމަށާއި ފެސިލިޓީތަކުގައި ކަންތައްތަކެއް ހައްލު ކުރަން އެބަހުރި ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ މިހާލަތުގައި ހުޅުމާލޭ ފެސިލިޓީގައި އެކަށީގެންވާ ވަސީލަތް ހުންނަންޖެހޭ ކަމަށާއި،  ފެސިލިޓީގައި ތަކެތީގެ ދަތިކަމާއި، އިންސާނީ ވަސީލަތުގެ ދަތިކަންވެސް އިންތިހާއަށް ހުރި ކަމަށެވެ.

Advertisement
Ooredoo — Square (box)

އެހެން ނަމަވެސް މިހާތަނަށް ސަރުކާރުން ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ޒިންމާދާރު ފިޔަވަޅުތަކެއް ކަމަށް ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 35 މެމްބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް