އިންޑިޔާގެ ކޮންސިއުލޭޓް ހުޅުވުން އަވަސް ކުރަން ޖެހޭ -އަސްލަމް

އައްޑޫގައި ހުޅުވަން އިންޑިޔާއިން ނިންމައިފައިވާ އިންޑިޔާގެ ކޮންސިއުލޭޓް ހުޅުވުން އަވަސް ކުރަން ޖެހޭ ކަމަށާއި އެ ކޮންސިއުލޭޓްގެ ސަބަބުން، ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އޮފީހުގެ ސަބަބުން އައްޑޫގެ ރައްޔިތުންގެ ވިސާގެ ކަންކަން ހަމަޖެއްސުމުގައި ފަސޭހަވާނެ ކަމަށާއި އިންޑިޔާއިން އިންވެސްޓަރުން އަންނަން ފަސޭހަވެގެން ދާނެ ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި ކެބިނެޓްގެ އިއްޔެގެ ބައްދަލުވުމުގައި ނިންމައިފައި ވަނީ މިއަހަރު ނިމުމުގެ ކުރިން އައްޑޫގައި ކޮންސިއުލޭޓް ގާއިމު ކުރުމަށެވެ. ނަމަވެސް ކޮންސިއުލޭޓް އޮފީހެއް ހެދުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާ އެކު މިހާތަނަށް މަޝްވަރާ ކޮށްފައި ނުވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރޭ ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ އެމްބަސީއެއް މާލޭގައި ހުންނައިރު އެގައުމުގެ ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގެ އިތުރު އެއްވެސް ސަަރަހައްދެއްގައި މިވަގުތު ގާއިމުކޮށްފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުރެއެވެ.
އަސްލަމަކީ ބޮޑު ޚާއިނެއް
ތިބައިގަނޑު އަދިވެސް އިތުރު ކުރަނީތަ މުޅި ޤައުމު ދަވާލައިފި ތި ޖައްބާރުން�