ޚަބަރު

އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވައިލެވިއްޖެ: އެމްއެންޑީއެފް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މައްޗަންގޯޅީގައި ހުންނަ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލެވިއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްއެންޑީއެފުން ވިދާޅުވީ އަލިފާންގަނޑު ނިއްވާލެވިއްޖެ ކަމަށާއި މިހާރު ބަލަމުން ދަނީ އިތުރު ބަޔަކަށް ފެތުރިފައިވޭތޯ ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މއ.މޯރނިންގ ވިއުގައެވެ. އެ ގޭގެ ތިންވަނަ ބުރީގައި ހިނގި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ފަތިހު 05:00ގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އަދިވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމެއް އެނގިފައެއް ނުވެއެވެ. އަދި ތަކެއްޗަށް ގެއްލުންވީ ކިހާވަރަކަށް ކަމެއް ވެސް އަދި ސާފުވެފައެއް ނުވެއެވެ.

މީސްމީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުން އެ ގޭގައި ރޯވެފައި ހުރި އަލިފާންގަނޑު ވަރަށް ބޮޑެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!