Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރޭ ހިނގި އެކްސިޑެންޓްގައި ފިލި މީހާ އަދިވެސް ނުހޯދޭ : ފުލުހުން

ރޭ ހިނގި އެކްސިޑެންޓްގައި ފިލި މީހާ އަދިވެސް ނުހޯދޭ : ފުލުހުން

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިންމީހާ އަދިވެސް ހޯދިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ރޭ ހިނގި އެކްސިޑެންޓްގައި ފިލައިފައިވާ މީހާ ފެނިފައި ނުވާކަމަށާއި އެހެން ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ސައިކަލުގެ ފަހަތުގައި އިން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. ފުލުހުން ވިދާޅުވީ އެ ސައިކަލު ދުއްވި މީހާ އެ ސަރަހައްދުގައި މަޑުނުކޮށް ގޮސްފައިވާކަމަށެވެ.

Advertisement
HDC — Sidebar (box)

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ، ދުއްވާފައި ދިޔަ ސައިކަލެއް، ގާޑިއަލަކަށް އަރައިގެން ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެކްސިޑެންޓުގައި އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް