ލޮޓަސް ފިހާރައިން ލ.މާމެންދޫ ރައްޔިތުންނަށް އެހީވެއްޖެ

ލޮޓަސް ފިހާރައިން ލ.މާމެންދޫ ރައްޔިތުންނަށް އެހީވެއްޖެއެވެ.
ކޮވިޑް19ގެ ހާލަތުގައި އަތް ދޮވެ، އަތް ސާފުކޮށް ސެނިޓައިޒް ކުރުމަށް ބާރުއަޅަމުންދާ މި ދަނޑިވަޅުގައި ލޮޓަސް ފިހާރައިން ވަނީ މާމެންދޫ ރައްޔިތުންނަށް 30 ކޭސް ސެނިޓައިޒަރ ހަދިޔާކޮށްފައެވެ. އެއީ 2880 ކުދި ފުޅިއެވެ.
އަތްފޯރާ އަގެއްގައި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދަލާއި އެހެނިހެން ސާމާނު ފޯރުކޮށްދިނުމުގައި ލޮޓަސްއަކީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ.
ލޮޓަސް ފިހާރައިން ދަނީ ކޮވިޑާ ގުޅިގެން އެކި ރަށްރަށަށް އެހީގެ ތަކެތި ފޯރުކޮށްދެމުންނެވެ.
މާމެންދޫގައި މިހާތަނަށް 18 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ.