Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގއ. ދާންދޫން އިތުރު ބަޔަކު ފައްސިވެ، އެކްޓިވް ކޭސްތަކުގެ އަދަދު 200 އާ ގާތަށް

ގއ. ދާންދޫން އިތުރު ބަޔަކު ފައްސިވެ، އެކްޓިވް ކޭސްތަކުގެ އަދަދު 200 އާ ގާތަށް

ގއ ދާންދޫއިން އިތުރު ބަޔަކު ކޮވިޑަށް ފައްސިވެ އެކްޓިވް ކޭސްގެ އަދަދު 188އަށް އަރައިފިއެވެ.

ދާންދޫގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ ރަށުން މިއަދު ފައްސިވި 9 މީހުން ހިމެނޭ ގޮތަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 210 އަށް އަރާފައެވެ. މީގެ ތެރެއިން 22 މީހުން ބަލިން ރަނގަޅުވެ، އެކްޓިވް ކޭސްތަކުގެ އަދަދަކީ 188އެވެ.

މިހާތަނަށް ޖުމްލަ 786 މީހެއްގެ ސާމްޕަލް އެ ރަށުން ވަނީ ނަގައިފައެވެ. އަދި، އެރަށުން ކޮވިޑް ބަލީގައި އިއްޔެ މީހަކު ނިޔާވެފައި ވެސް ވެއެވެ.

Advertisement
Ooredoo — Square (box)

ކޮވިޑްގެ ނުރައްކާތެރިކަން ރަށްރަށާ ހަމައަށް ފޯރައި 70އަށް ވުރެ ގިނަ ރަށް މިހާރު ވެސް އޮތީ މޮނިޓަރިންއަށް ލައިފައެވެ. އަދި މޮނިޓަރިންނަށް ލާފައިވާ ހުރިހާ ރަށެއްގައި ވަކި ވަގުތެއް ވަންދެން ކާފިއު ވަނީ އިއުލާނުކޮށްފައެވެ.

ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެޗްޕީއޭއިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދާއި އެކު އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ހަވީރު 4:00އިން އަނެއް ދުވަހުގެ ހެނދުނު 8:00އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް