Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރިސޯޓްބޯއިސްގެ ފަރާތުން 1،400 ޕީސީއާރް ކިޓް މާވަށަށް ހަދިޔާ ކޮށްފި

ރިސޯޓްބޯއިސްގެ ފަރާތުން 1،400 ޕީސީއާރް ކިޓް މާވަށަށް ހަދިޔާ ކޮށްފި

ލ. މާވަށު ރިސޯޓްބޯއިސްގެ ފަރާތުން އެ ރަށު ރައްޔިތުންނަށް 1،400 ޕީސީއާރް ކިޓް މާވަށު ސިއްޙީ މަރުކަޒަށް ހަދިޔާކޮށްފިއެވެ.

"ދެން" އަށް މައުލޫމާތު ދެމުން މާވަށު ރިސޯޓްބޯއިސްގެ ފަރާތުން ބުނީ މި 1،400 ޕީސީއާރް ކިޓަކީ، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތި ހާލުގައި ބައިވެރިވުމުގެ ގޮތުން ވެދިން ހަދިޔާއެއް ކަމަށެވެ.

"މާވަށަށް ދިމާވާ މިކަހަލަ ކަންކަމަށް ރިސޯޓުބޯއިސްގެ ފަރާތުން އަބަދުވެސް އެހީތެރިވޭ. އިންނާނެ ވައިބާ ގްރޫޕެއް ވެސް ހަދާފަ. އުޅޭނެ ގާތްގަނޑަކަށް 100 އަށްވުރެ ގިނަ މީހުން އެ ގްރޫޕުގައި" ރިސޯޓްބޯއިސްގެ ފަރާތުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

<img class="alignnone wp-image-92209 size-full" src="https://cdn.dhen.mv/wp-content/uploads/2021/05/IMG-195b6eecefcd6f8f135fe1097afc93e8-V.jpg" alt="" width="854" height="590" />

މާވަށަށް ދިމާވާ ކަންކަން ބަލާ، އެ ރަށުގެ އެކިކަންކަމަށް ރިސޯޓްބޯއިސްގެ ފަރާތުން އަބަދުވެސް އެހީތެރިވާ ކަމަށާއި، އެހީތެރިވަނީ އެންމެންގެ އަތުން ޗަންދާ ނަގައިގެން ކަމަށް ވެސް ރިސޯޓްބޯއިސްގެ ފަރާތުން މައުލޫމާތު ދިން މީހާ ބުންޏެވެ.

"ރަށުން މީހަކު ބަލިވިޔަސް، ކިތަންމެ ބޮޑުކަމެއް ދިމާވިޔަސް އަބަދުވެސް އެހީތެރިވެވޭތޯ މަސައްކަތް ކުރަން." މައުލޫމާތު ދިން މީހާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، ކޮވިޑްގެ ހާލަތާއި ގުޅިގެން މާވަށު ސިއްޙީ މަރުކަޒުގެ އިސް ފަރާތްތަކާ ވެސް ވާހަކަ ދައްކަމުން ވެސް ގެންދާ ކަމަށާއި މި ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ވެސް، މާވަށަށް އެންމެ ބޮޑަށް ބޭނުންވާނެ ކަންކަން އޮޅުންފިލުވައި އެކަންކަމަށް ވެސް އެހީތެރިވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

[caption id="attachment_92210" align="alignnone" width="1024"]<img class="wp-image-92210 size-large" src="https://cdn.dhen.mv/wp-content/uploads/2021/05/IMG-9a0dbc0f18a5bf5615719e4f718dfbce-V-1024x612.jpg" alt="" width="1024" height="612" /> މާވަށު ރިސޯޓް ބޯއިސް[/caption]

މާވަށު ރައްޔިތުންނަށް ޕީސީއާރް ކިޓް ހަދިޔާކުރުމުގެ އިދާރީ ކަންކަމުގައި ކަނޑޫމާ ރިސޯޓުން ވެސް އެހީތެރިވެފައިކަން، މާވަށު ރިސޯޓު ބޯއިސް އިން ވަނީ ފާހަގަ ކޮށްފައެވެ.

ލ. މާވަށުން ޕޮޒިޓިވް ކޭސްތަކެއް ފުރަތަމަ ފެނިފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުގައެވެ. އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު 171 އަށް އަރައިފައިވާ އިރު، މިއަދު އެކަނި ވެސް 32 މީހަކު އެ ރަށުން ވަނީ ޕޮޒިޓިވްވެފައެވެ.  އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެރަށުގައި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 141އަށް އަރާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް