މޫސުން ގޯސްވެ ހއ އިން ފެށިގެން ދ އަތޮޅަށް ރީނދޫ ސަމާލު
މޫސުން ގޯސްވެ ހއ.އަތޮޅުން ދ.އަތޮޅަށް ރީނދޫ ސަމާލު އަދި ގއ އަތޮޅުން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މައުލޫމާތު ދެއްވާ ގޮތުގައި ހއ އަތޮޅުން ދ އަތޮޅަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު 18:15 އިން މިރޭގެ 22:00 އަށެވެ. އަދި ގއ އަތޮޅުން އައްޑޫ ސިޓީއަށް ހުދު އެލަރޓް ނެރެފައި ވަނީ މިއަދުގެ 18:15 އިން މިރޭގެ 23:00 އަށެވެ.
މެޓް އޮފީހުން ވިދާޅުވީ ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެއެވެ. މީގެ އިތުރުން، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު އިލްތިމާސް ކުރައްވައެވެ.