މުނިފޫހިފިލުވުން

ސުނީތާގެ އުފަން ދުވަސް: އޭނާ އެންމެ ބޭނުންވާނެ އެއް ހަދިޔާ ލިބިއްޖެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދަކީ ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ، ކޮރިއޯގްރަފަރ އަދި ވިޔަފާރިވެރިޔާ އސުނީތާ އަލީގެ އުފަންދުވަހެވެ.

Ads by Hajj Corporation

ދާއިރާގައި ބައެއް މީހުންގެ ފަރާތުން ނުރުހުމުގެ ބަސްތަކާއި ފާޑުކިޔުން އަމާޒުވި ނަމަވެސް ހިތްވަރާ އެކު ކުރިއަށްދާ ސުނީތާއަށް މިއަދު މި ވަނީ އޭނާ އުންމީދު ކުރި ފަދަ އެއް އުފާވެރިކަން ލިބިފައެވެ.

އެއީ އޭނާ އަބަދުވެސް އެންމެ ސަޕޯޓުކުރާ ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔާންކާ ޗޯޕްރާގެ ފަރާތުން އުފަން ދުވަހުގެ ތަހުނިޔާ ލިބުމެވެ.

ޕްރިޔާންކާ އޭނާއަށް ފޮނުވާފައިވާ މެސެޖު މީސްމީޑިއާގައި ހިއްސާ ކުރަމުން ސުނީތާ ވަނީ އޭނާއަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ޕްރިޔާންކާގެ ފަރާތުން ލިބޭ މިފަދަ ތަހުނިޔާއާއި ބަސްތަކަކީ އޭނާގެ ހިތްވަރު ކަމަށް ވެސް ސުނީތާ ބުނެފައިވެއެވެ.

ކުރިން ހަމައެކަނި ދިވެހި ސިނަމާތަކުން ސުނީތާ މަޝްހޫރުވި ނަމަވެސް، އެއަށްވުރެ ބޮޑު މަޝްހޫރުކަމެއް އޭނާ ހޯދީ ބޮލީވުޑްގެ މަޝްހޫރު ބަތަލާއެއްކަމަށްވާ ޕްރިޔާންކާ ޗޯޕްރާގެ އެންމެބޮޑު އެއް ފޭނަށް ވުމުންނެވެ.

ސުނީތާއަށް ފުރައްސާރަކުރި އެތައްބަޔަކު އާންމުންގެ ތެރެއިންނާއި ޚުދު ފިލްމީ ދާއިރާގައި ވީ ނަމަވެސް، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ޕްރިޔާންކާ ރާއްޖެއަށް ކުރި ޒިޔާރަތާއެކު އެ ފަދަ ކިތަންމެ ބައެއްގެ އަނގަތައް ވަނީ ބަންދު ކޮށްލައިފައެވެ.

ޕްރިޔާންކާ ހެދުން އަޅާގޮތަށް ސުނީތާ ހެދުން އެޅުން ވެސް އޭނާއަށް ވަރަށް ކަމުދިޔައެވެ. ޕްރިޔާންކާ އެ ދުވަހު ބުނީ، އޭނާއަށް ވުރެ ސުނީތާ އެ ހެދުންތައް ލާފައި ހުންނައިރު ރީތި ކަމަށެވެ.

ސުނީތާގެ ހަގީގީ މަޝްހޫރުކަން ފެށިފައި ވަނީ އެހިސާބުންނެވެ. ޕްރިޔާންކާއާއި ސުނީތާގެ އެކުވެރިކަން އެ ދުވަހަށް ފަހު ބަދަހިވުމުގެ އިތުރުން، އިންޑިއާގެ ބައެއް ރިޕޯޓުތަކަށް ވެސް ސުނީތާގެ ވާހަކަތައް ވަނީ އަރައިފައެވެ.

Ads by HDC
  1. އަސަރޭ ދި މުރަކަ

    ދެންފަހެ، މިހާރު ނިއުމާ ވ ކަޑަވާނެ… ސުނިީ އާ އެންމެ ގެޅުނު އެކަކު އެއީ… އހ