ކޯވިޑް-19: ބ.ކެންދޫން ބަލި ފެނި ރަށް މޮނީޓަރިންއަށް
ބ.އަތޮޅު ކެންދޫން ކޯވިޑް-19އަށް މީހަކު ފައްސިވެ އެރަށް މޮނިޓަރިންނަށް ލައިފިއެެވެ.
ކެންދޫ ހެލްތު ސެންޓަރުން ބުނީ ފައްސިވެފައި ވަނީ ހުމާއި ރޯގާގެ އަލާމާތްތަކެއް ހުރެގެން ފްލޫ ކްލިނިކަށްދެއްކި މީހެއް ކަމަށެވެ. އެމީހާގެ ސާމްޕަލް ނަގައިފައި ވަނީ މި މަހު 27 ގައެވެ. އެރަށް މިހާރު ވަނީ މޮނިޓަރިންނަށް ލައިފައެވެ.
މިކަމާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންތައްތައް މިހާރު ބަލަމުން ދާކަމަށާއި، ފައްސިވި މީހާ މިހާރު ކަރަންޓީނު ކުރެވިފައިވާކަމަށް ހެލްތު ސެންޓަރުން ބުނެއެެވެ. އަދި އެމީހާއާ ގާތުން ބައްދަލުވި މީހުން ދެނެގަނެ އެ ފަރާތައް ވެސް ދަނީ ކަރަންޓީނު ކުރެވެމުންނެވެ.
ކޮވިޑްގެ ނުރައްކާތެރިކަން ރަށްރަށާ ހަމައަށް ފޯރައި 70އަށް ވުރެ ގިނަ ރަށް މިހާރު ވެސް އޮތީ މޮނިޓަރިންއަށް ލައިފައެވެ. އަދި މޮނިޓަރިންނަށް ލައިފައިވާ ހުރިހާ ރަށެއްގައި ވަކި ވަގުތެއް ވަންދެން ވަނީ ކާފިއު އިއުލާނުކޮށްފައެވެ.
ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެޗްޕީއޭއިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދާއި އެކު އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ހަވީރު 4:00އިން އަނެއް ދުވަހުގެ ހެނދުނު 8:00އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ.