Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވޮލެންޓިއަރުންނަށް ވާން ހާހަކަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި

ވޮލެންޓިއަރުންނަށް ވާން ހާހަކަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެހީވެދީ، ބަލި މީހުންނަށް އަޅައިލާން ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް އެދި ހާހަކަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފިކަމަށް ހެލްތު ޕްރޮޓެޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް ސަތޭކަ ބަޔަކު ފޯމު ހުށަހަޅާފައިވާކަމަށާއި އަދި މިހާރު 1،000އަށް ވުރެ ގިނަ ފޯމު ޕްރޮސެސް ކުރަމުންދާކަމަށެވެ.

އާންމުންގެ ފަރާތުން މިކަމުގައި ލިބުނު އެއްބާރުލެއްވުމާއި، މި ހާލަތުގައި އެޗްޕީއޭގެ މަސައްކަތުގައި ވޮލަންޓިއާ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

Advertisement
HDC — Sidebar (box)

https://twitter.com/hpa_mv/status/1398322262982348802?s=21

ސިއްހީ އެހީތެރިން އަންނަނީ ކޮވިޑް-19 އާއި ގުޅިގެން ޞިއްޙީ އެހީތެރީންނަށް ބާރުބޮޑުވެ އެހެން ބަލިތަކަށް ފަރުވާ ކުރަން އަންނަ މީހުންނަށް ވެސް ބުރޫ އަރާކަމަށް ހެލްތު މިނިސްޓްރީން ވަނީ ހާމަކުރައްވައިފައެވެ. އަދި ކޮވިޑް-19 އަށް ފައްސިވާ މީހުން އިތުރުވާތީ ފަންނީ މުވައްޒަފުންގެ ބޭނުން ޖެހިފައިވާކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް