މައުލޫމާތު ސާފުކުރަން އެޗްޕީއޭގެ ޓްވިޓަރއަށް ވެސް މިހާރު މެސެޖު ކުރެވޭނެ

ކޮވިޑާ ބެހޭ މައުލޫމާތު ސާފުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓުވިޓަރއަށް "ޑައިރެކްޓް މެސެޖު (ޑީއެމް)"ކުރެވޭނެ ކަމަށް އެ އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކޯލް ސެންޓަރުތަކަށް ލުޔެއް ދިނުމުގެ ގޮތުން މިހާރު އެ އިދާރާގެ ރަސްމީ ޓުވިޓަރ އެކައުންޓް މެދުވެރިކޮށް މައުލޫމާތު ސާފުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވައިލެވިފައި ވާނެކަމަށެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު 9 ޖަހާއިރުން ފެށިގެން މެންދުރު 12 ޖެހުމުގެ ނިޔަލަށް އެޗްޕީއޭގެ ޓުވިޓަރ މެދުވެރިކޮށް ކޮވިޑާ ބެހޭ މައުލޫމާތު ސާފުކުރެވޭނެ ކަމަށާއި، ވީ އެންމެ އަވަހަކަށް އެ މެސެޖްތަކަށް ޖަވާބުދެމުން ދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން މި ގޮތަށް ނިންމައިފައި ވަނީ ކޮވިޑާ ގުޅުން ހުރި މައުލޫމާތު ސާފު ކުރުމަށް އެ އެޖެންސީން ގެންގުޅެމުން އަންނަ ހޮޓަލައިން ނަންބަރަށް ޖަވާބު ނުދޭ މައްސަލަ އާންމުގެ ތެރޭގައި ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން ގުޅައިގެން އެތައް ގަޑިއިރެއް އިންނަން ޖެހޭ ކަމަށާއި، ގިނަ ފަހަރު ފޯނު ކަނޑައިލާކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.