Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

މިއަދަށް ތާވަލު ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އެ މަނިކުފާނުގެ ވަކީލު އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަށު ކޯޓަށް ހާޒިރުކޮށްގެން 9:30ގައި ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލްކުރި ކަމަށް ކޯޓުން އަންގާފައިވާ ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުންގެ ފަރާތުން ވަނީ، މި ޝަރީއަތް ފަސްކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.

Advertisement
Allied Insurance — Square (box)

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އަޑު އެހުމަކީ، ކުރިއާލައި ތާވަލްކުރެވުނު އަޑު އެހުމެއް ނަމަވެސް މިއަދުގެ ޝަރީއަތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކޯޓުގައި ކަމަށްވާއިރު، ކޮވިޑު-19 ގެ ނުރައްކާތެރި ހާލަތަށް ރިއާޔަތްކޮށް އަޑުއެހުން ފަސްކޮދިނުމަށް އެދިލައްވާ ކަމަށެވެ.

މަނީ ލޯންޑަރިންގެ ތުހުމަތަކާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި އެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އިރު، ޖަލުގައި ކޮވިޑް-19ގެ ނުރައްކާތެރިކަން އޮތުމާ ގުޅިގެން ގުޅިގެން މިވަގުތު އެމަނިކުފާނު ހުންނެވީ ގޭ ބަންދުގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް