Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުޑަކުއްޖަކަށް އިންޒާރުދީ ބްލެކްމެއިލް ކުރި މީހެއްގެ މައްސަލަ ބަލަނީ

ކުޑަކުއްޖަކަށް އިންޒާރުދީ ބްލެކްމެއިލް ކުރި މީހެއްގެ މައްސަލަ ބަލަނީ

17 އަހަރުގެ ކުއްޖަކަށް ބިރު ދައްކައި ބްލެކް މެއިލް ކުރާ ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ، 17 އަހަރުގެ ކުއްޖަކަށް ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައެއް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

އަދި މި މައްސަލައިގެ ތަހުގީގުގައި ފޮރެންސިކް ހެއްކާއި ގަރީނާ ހޯދިފައިވާކަމަށާއި، މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ޓަކައި ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ފުލުހުން ވިދާޅުވީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅައިފައި ވާނެކަމަށެވެ.

މި މައްސަލައާ ގުޅުންހުރި ފަރާތަކުން މީސްމީޑިއާގައި ހާމަކޮށްފައިވާ ގޮތުން، އެ ދެ ކުދިންނަކީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ ކުދިންނެވެ. އެ ގުޅުން ނިމުމަކަށް އައުމާއެކު ފިރިހެން ކުއްޖާ އެކި ގޮތްގޮތުން ބްލެކްމެއިލްކޮށް، ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ރިކޯޑިން ވެސް އެ އާއިލާއިން ވަނީ އާންމުކޮށްފައެވެ.

މީގެ އިތުރުން އެ އަންހެން ކުއްޖާ ރޭޕް ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށާއި އެ ކުއްޖާއަށް ޖިންސީ އަނިޔާ ކުރާނެ ކަމަށް ވެސް ބުނަމުންދާކަމަށް މީސްމީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް