Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުޅުދުއްފުށީގައި ހިންގި މާރާމާރީގައި ޒަޚާމްވި ޒުވާނާ، އިތުރު ފަރުވާއަށް މާލެ ގެނެސްފި

ކުޅުދުއްފުށީގައި ހިންގި މާރާމާރީގައި ޒަޚާމްވި ޒުވާނާ، އިތުރު ފަރުވާއަށް މާލެ ގެނެސްފި

ހދ. ކުޅުދުއްފުށީގައި ހިންގި މާރާމާރީގައި ޒަޚަމްވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އެ މާރާމާރީއެއްގައި އަނިޔާ ވެފައި ވަނީ 29 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނުމަށް ގެންދެވިފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. އޭނާއަށް އިތުރު ފަރުވާ ދޭން ޖެހުނީ ސިކުނޑިއަށް ލޭ އެޅިފައި ވުމުގެ ސަބަބުން ހާލު ސީރިއަސްވުމުންނެވެ.

މާލެ ގެނައުމަށް ފަހު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ. އެހެން ނަމަވެސް މިހާރު އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ.

Advertisement
Ooredoo — Square (box)

މައުލޫމާތު ލިބޭ ގޮތުގައި، ރޭ ކުޅުދުއްފުށީގައި ހިންގި މި މާރާމާރީގައި، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ އޭނާ ކާރަކަށް އަރުވައިގެން ގެންގޮސް އޭނާއަށް އަނިޔާކޮށް ޒަަޚަމް ކޮށްލައިފައެވެ. އެގޮތުން އޭނާގެ އަތާއި ފަޔާއި އަދި ހަށިގަނޑުގެ އިތުރު އެހެން ތަންތަނަށް ވަނީ ބޮޑެތި އަނިޔާ ތަކެއް ދީފައެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް