ޚަބަރު

ވެލްނެސް މޯލްޑިވްސްގެ ފަރާތުން މާމެންދޫ ރައްޔިތުންނަށް ޞިއްޙީ އެހީއެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރީއިންވެންޓް މޯލްޑިވްސްގެ ފަރާތުން ހިންގާ ޝޯވ ރޫމެއް ކަމަށްވާ "ވެލްނެސް މޯލްޑިވްސް" އިން ލ.މާމެންދޫ ރައްޔިތުންނަށް ކޯޑްލެސް އިލެކްޓްރިކް ސްޕްރޭޔާއެއް ހަދިޔާ ކޮށްފިއެވެ.

Ads by MWSC

ރީއިންވެންޓް މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ ބައްސާމް އާދަމް "ދެން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ ކުންފުންޏަކީ ކޮވިޑާ ގުޅޭ ކަންކަމަށް ބޭނުންވާ އެކި ކަހަލަ ސާމާނުތައް އެކިތަންތަނަށް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށާއި މާމެންދޫއަށް ވެދިން އެހީއަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވެދިން އެހީތެރިކަމެއް ކަމަށެވެ.

ރީއިންވެންޓް މޯލްޑިިވްސްއަކީ ޑިސްއިންފެކްޝަންގެ ޚިދުމަތް އެންމެ ޕްރޮފެޝަނަލްކޮށް ކުރަމުން އަންނަ ކުންފުންޏެއް ގޮތުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުންޏަށް އެހީތެރިކަމަށް އެދުނު ކޮންމެ ފަރާތަކަށް ވެސް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެވެން ހުރި އެހީިތެރިކަން ފޯރުކޮށްދެމުންނެވެ.

ހުރިހާ ކަމަކީ ފައިސާއަށް ކުރަން ޖެހޭ ކަމެއް ގޮތުގައެއް ނޫން އަޅުގަނޑުމެން ކުންފުނިން ދެކެނީ. ދެން އަޅުގަނޑުމެންގެ ސީއެސްއާރު އިނީޝިއޭޓިވްގެ ދަށުން އެގޮތަށް ވަކި ފަރާތެއް ބުނެގެން އެގޮތަކަށް އަޅުގަނޑުމެން ނުބަލަން.

ބައްސާމް

އެހީތެރިކަމަށް އެދުނު ކޮންމެ ފަރާތަކަށް ވެސް އެފަރާތަކުން އެދުނު ކަމަކަށް އެ ކުންފުނިން ވެދެވެން އޮތް އެހީތެރިކަން އެ ކުންފުނިން ވެދީފައި ވާކަން އެކުންފުނިން ފާހަގަ ކުރެއެވެ.

މާމެންދުއަށް ހަދިޔާ ކުރި ކޯޑްލެސް އިލެކްޓްރިކް ސްޕްރޭޔާ ކުރުމުގެ މައިގަނޑު މަގުސަދަކީ، އެރަށަށް އަރުވާ މުދާ ފަދަ ތަކެތި ޑިސްއިންފެކްޓު ކުރުމުގައި ރަށުގެ ރައްޔިތުންނަށް ފަސޭހައެއް ހޯދައިދިނުން ކަމުގައި ބައްސާމް ފާހަގަ ކުރެއްްވިއެވެ. މިކަމުގެ ސަބަބުން ވެސް ރަށުތެރެއަށް ކޮވިޑް ފެތުރިޔަ ނުދިނުމަށް އެހީތެރި ވެދޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރީއިންވެންޓް މޯލްޑިިވްސްއިން ގަބޫލު ކުރާ ގޮތުގައި މުދަލާއި ތަންތަން ޑިސްއިންފެކްޓު ކުރުމަށް އާންމުކޮށް ގެންގުޅޭ ބުލީޗާއި ކްލޮރިންއަކީ ނޭވާލާ ނިޒާމުގެ މައްސަލަތައް އުޅޭ ބޭފުޅުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ އެއްޗެކެވެ. އެހެންކަމުން އެ ކުންފުނިން ބޭނުންކުރަމުން އަންނަނީ އެފަދަ މީހުންނަށް ވެސް ގެއްލުން ނުވާނޭ ފަދަ ކެމިކަލްއެކެވެ. މި ކެމިކަލްއަކީ ކޮވިޑް ފަދަ ނުރަައްކާތެރި ވައިރަސްތައް ނައްތައިލެވޭ ކެމިކަލްއެކެވެ.

އެ ކުންފުނިން އަންނަނީ ސީއެސްއާރުގެ ދަށުން މިފަދަ މައުލޫމާތުތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެތައް މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އެގޮތުން މި ލޮކްޑައުންގައި ވެސް އެ ކުންފުނީގެ މުވައްޒަފުން އާންމުންގެ އެކި ފަރާތްތަކަށް އެފަދަ އެތައް މައުލޫމާތުތައް ފޯރުކޮށްދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!