Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ބޮލީވުޑް

ބިގް ބޮސް 15 އޮކްޓޫބަރު މަހު ފަށަނީ

ބިގް ބޮސް 15 އޮކްޓޫބަރު މަހު ފަށަނީ

އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ޓީވީ ޝޯތަކުގެ ތެރެއިން ބިގް ބޮސްއަކީ އެންމެ ގިނަ މީހުން ބަލާ އެއް ޝޯއެވެ.

ބިގް ބޮސްގެ 14 ސީޒަން މިހާތަނަށް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވެއެވެ. މިހާރު އެންމެން ވެސް އުންމީދުކުރަމުން ދަނީ ސީޒަން 15 ނިކުންނާނެ ދުވަހަކަށެވެ. މި ސީޒަންގެ އޮޑިޝަން މި އަހަރުގެ ފެބްރުއަރީމަހު ވަނީ ފަށައިފައެވެ. އޮޑިޝަން ނިމޭނީ މެއި މަހުގެ 31 ގައެވެ.

މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން ބިގް ބޮސްގެ އައު ސީޒަން ފަށާނީ އަންނަ އޮކްޓޫބަރުގައެވެ. މި ސީޒަންގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިން ހިމެނޭކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.

Advertisement
Allied Insurance — Square (box)

މި ސީރީޒްގެ އެންމެ ފަހު ސީޒަންއަކީވެސް ވަރަށް ކާމިޔާބު ސީޒަންއެއް ކަމަށް ޝޯގެ ހޯސްޓް ބޮލީވުޑްގެ ދެވަނައެއް ނެތް ސްޓާރ ސަލްމާނު ޚާން ވަނީ ބުނެފައެވެ. އޭނާ ބުނެފައި ވަނީ މިފަހަރުގެ ބިގް ބޮސް ވެސް ވެގެންދާނީ އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދާނެ، މަޖާ އަދި ބެލުންތެރިންގެ ލޯބި ލިބޭނެ ސީޒަނެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް