Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމް.އެން.ޑީ.އެފްގެ ނައިޓް ފަޔަރިންގ ތަމްރީންތަކެއް މާދަމާ ފަށަނީ

އެމް.އެން.ޑީ.އެފްގެ ނައިޓް ފަޔަރިންގ ތަމްރީންތަކެއް މާދަމާ ފަށަނީ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފްއިން މި ފެށޭ ޖޫންމަހުގެ ތެރޭގައި ނައިޓް ފަޔަރިންގ ތަމްރީންތަކެއް ކުރިއަށް ގެންދިއުމަަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެއްޖެއެވެ. މި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 01 ޖޫން 2021 އިން 03 ޖޫން އަށް އަދި 05 ޖޫން 2021 ވަނަ ދުވަހުގެ 08:00 އިން 17:00 އަށް ކ،ހުޅުމާލޭގެ އިރުމަތިން 07 ނޯޓިކަލް މޭލު ބޭރުގައެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލު

1. ބޭނުންކުރާ ހަތިޔާރު /ޕައިރޯޓެކްނިކްސް: މެޝިން ގަން 2. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 5000 މީޓަރ 3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ 4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ ލެވެލް 5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ކ.ހުޅުމާލޭގެ 07 މޭލު ބޭރުގައި މި ސަރަޙައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ދަތުރުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވެސް ވަނީ އަންގަވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް