ތިޔަށްވުރެ ގިނަ ބާރު ދެއްވި ފަރާތްތައް ފުނޑިގެން ދިޔަކަން ހަނދާންކުރަންވާނެ-ޑރ އިޔާޒް

ސްޕަ މެޖޯރިޓީ ލިބިފައި އޮތް ނަމަވެސް އެއަށްވުރެ ގިނަ ބާރު ދެއްވި ފަރާތްތައް ވެސް ފުނޑިގެން ދިޔަކަން ހަނދާންކުރަން ވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ފީޖީ ގުރޫޕަށް ނިސްބަތްކޮށް ޑރ. އިޔާޒް ބަހުގެ ހަމަލާތަކެއް ފޮނުވައިލައްވައިފިއެވެ.
މުސްލިމަކު ކާފަރު ކުރުން ކުށަކަށް ހަދައި ބޮޑެތި ޖަލު ހުކުމްތައް ކަނޑައަޅައި މަޖިލީހަށް ބިލެއް ފޮނުވުމާ ގުޅިގެން ޑރ. އިޔާޒް ޓްވިޓާގައި އެމްޑީޕީގެ ޕީޖީ ގުރޫޕަށް ނިސްބަތްކޮށް ވިދާޅުވީ، މީހެއްގެ ފަރާތުން އިސްލާމް ދީނާ ހިލާފު އަމަލުތަކެއް ފެނި، އެކަންތައް ފަތުރަން މަސައްކަތްކުރާ އިރު އެކަމާ އަޅައި ނުލައި ހަނު ހުރުމަކީ ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ.
ޑރ. އިޔާޒް ވިދާޅުވީ ގާނޫނާއި ގަވާއިދު ހަދަނީ ވަކި ފަރުދަކު ހިމާޔަތް ކުރަން ކަމުގައިވެގެން ނުވާނެ ކަމަށާއި ސްޕަ މެޖޯރިޓީ ލިބިފައި އޮތް ނަމަވެސް އެއަށް ވުރެ ގިނަ ބާރު ދެއްވި ފަރާތްތައް ވެސް ފުނޑިގެން ދިޔަކަން ހަނދާން ކުރަންވާނެ ކަމަށެވެ. ނޫންނަމަ ހިތާމަ ކުރުމުން ފައިދާ ނުކުރާ ވަގުތެއްގައި ހިތާމަ ކުރަން ޖެހިދާނެކަމަށް ވެސް އިޔާޒް ވަނީ ވިދާޅުވެފައެވެ.
އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫ ޖަހައި ކުފުރު ވުމަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިގެންވާ އަދި ދިވެހި ރާއްޖޭގެ ގާނޫނުގައި ކުށެއް ކަމަށާއި ފާޅުގައި އެކުށް ކުރަމުން އަންނަ ނަމަ އެވާހަކަ ފާޅުގައި ބުނަން ޖެހޭކަމަށް ވެސް ޑރ އިޔާޒް ވިދާޅުވިއެވެ.







ކޮމެންޓް