Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

09 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދަން އިޢުލާން ކޮށްފި

09 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދަން އިޢުލާން ކޮށްފި

09 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސާރވިސް ކޮމިޝަނުން <a href="https://www.gazette.gov.mv/iulaan/view/151599">އިޢުލާން</a> ކޮށްފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން މެޖިސްޓްރޭޓުން ހޯދަން އިޢުލާން ކޮށްފައިވަނީ ހއ.ދިއްދޫ، ށ.ފުނަދޫ، ބ.އޭދަފުށި އަދި ވ.ފެލިދުއަށެވެ. އަދި އިސްމެޖިސްޓްރޭޓުން ހޯދަން އިޢުލާން ކޮށްފައި ވަނީ ވ.ކެޔޮދޫ، ފ.ފީއަލީ، ގއ.ކޮލަމާފުށި، ގދ.ފަރެސްމާތޮޑާ އަދި ޏ.ފުވައްމުލަކަށެވެ.

މެޖިސްޓްރޭޓުންނަށް މުސާރައިގެ ގޮތުގައި 18,850.00 ރުފިޔާ ލިބެއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 4,000.00 ރުފިޔާ ރިސްކު އެލަވަންސްގެ ގޮތުގައި 600.00 ރުފިޔާ ލިބެއެވެ. އިސް މެޖިސްޓްރޭޓުންނަށް މުސާރައިގެ ގޮތުގައި ލިބެނީ 21,000.00 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 4,000.00 ރުފިޔާއާއި ރިސްކު އެލަވަންސްގެ ގޮތުގައި 600.00 ރުފިޔާ ލިބެއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން އެ މަޤާމަށް ކުރިމަތިލާ މީހެއްގެ ގައިގައި ހުންނަން ޖެހޭ އަޚުލާގާއި ސުލޫކު ވެސް  އެ އިއުލާނުގައި ބަޔާން ކޮށްފައިވެއެވެ. އަދި އެ މަގާމަށް ކުރިމަތިލެވޭނީ 25 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމުގައި ވެސް ބުނެފައިވެއެވެ.

30 މެއި 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެހަށް <a href="mailto:[email protected]">[email protected]</a> ފޮނުއްވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް