Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިރޭ ސަމާލު ނެރެފައި ވަނީ 2100 ފެށިގެން 00:00 ގެ ނިޔަލަށެވެ.

މެޓް އޮފީހުން ވިދާޅުވިގޮތުގައި، މިވަގުތުތަކުގައި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކަނޑުތައް ގަދަވާނެއެވެ. އެހެންކަމުން ކަނޑު ދަތުރު ކުރާފަރާތްތަކުން މޫސުމަށް ސަމާލުވުން އެދެވިގެންވެއެވެ.

Advertisement
Ooredoo — Square (box)

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ، ބައެއް ރަށްރަށަށް އުދަ އަރަމުންދެއެވެ. އަދި އުދައިގެ ސަބަބުން ބައެއް ރަށްރަށަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

މިގޮތުން މެދު ރާއްޖެތެރޭގެ ގިނަ ރަށްރަށަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް