ޚަބަރު

މުސްލިމަކަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ހަދާ ބިލަކީ އިސްލާމް ދީނަށް ދެވޭ ނިކަމެތިކަމެއް- ޝެއިހް އަލީ ޒާހިރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މުސްލިމަކަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ހަދާ ބިލަކީ އިސްލާމް ދީނަށް ދެވޭ ނިކަމެތިކަމެއްކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޝެއިހް އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝެއިހް ޒާހިރު ވިދާޅުވީ އިސްލާމް ދީނާ ދެކޮޅަށް އުޅޭ މީހަކާ ދިމާލަށް އޭނާ އެ އުޅެނީ ދީނާ ދެކޮޅަށޭ ބުނާ މީހާއަށް އަދަބު ދެވޭގޮތަށް ގާނޫނު ބަދަލު ކުރުމަކީ އިސްލާމް ދީން ނިކަމެތިކުރަން ހިންގާ ޖަރީމާއެއް ކަމަށެވެ.

"އިސްލާމް ދީނާ ދެކޮޅަށް އުޅޭމީހުންނަށް މިނިވަންކަން ފުޅާ ކުރުމަށާއި އެފަދަ މީހަކާ ދެކޮޅު މީހެއްކަމަށް ބުނާ މީހާ "އުލު ބައިންދަން" ގާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ކުރުމަކީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިނގާ ޖަރީމާއެއް ކަމުގައި ނޫނީ ނުދެކެމެވެ" ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހެޅުމަށް ޓަކައި އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބިލުގައި ކުށް ކަމަށް ކަނޑައަޅައިފައިވާ ބައިގެ ފޮޓޯއަކާ އެކު ޝައިޚް ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އެބިލުގައި ބުނެފައިވާ ގޮތުން އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުން، ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެކެވެ.އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ އެގޮތަށް ސިފަ ކުރުމުގައި ބައިވެރި ވުމަކީވެސް ކުށެއް ކަމުގައި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަތު ކުރުމަކީ ވެސް ކުށަކަށް ހަދައި އެކަމަށް ބޮޑެތި އަދަބުތައް ކަނޑައަޅައި، އިސްލާހު އެމްޑީޕީން މަޖިލީހަށް ހުށައެޅުމާ އެކު ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވަނީ އިތުރުވެފައެވެ.

މިގޮތުން ޝެއިހް އަލީ ޒައިދުއާއި ޑރ. އިޔާޒް ފަދަ ބޭފުޅުން ދަނީ އެ ބިލަށް ފާޑުވިދާޅުވަމުންނެވެ.

Ads by Allied Insurance
  1. މުފުތީ

    ފާޑެއް ކިޔާނެ ކަމެއްނެތް މިވެރިކަން ގެނައީވެސް މިބޭފުޅުން ނޫންތޯ؟

  2. ހަޖޫޖެހުން

    ތިޔަބިލް ހުށަހެޅިފަރާތާއި، ޤާނޫނަކަށްވުމުން ޢަމަލުކުރާނީ، ތަޞްދީޤު ކުރާފަރާތްއެކަނިކަން ވަރަށްސާފުވެގެންއެބަދޭ..
    ފުރަތަމަ އިލާހީ ޤާނޫނާއެއްގޮތައް ޢަމަލުތައްބަހައްޓަން ނޭނގޭބަޔަކު ހަދާއެއްޗަކަށް ޢަމަލުކުރުމަކީ، ވަރަށްނާދިރުކަމެއް.

  3. ުޙ މުޙައްމަދު

    ހިތާމަހުރި. މިސައްތަ އިން ސައްތަ އިސްލާމީ ގައުމުގަ މާތް ވެގެންވާ އިސްލާމް ދީނާއި ދެކޮޅަށް މިބައި މީހުން ގަތަމުންދާ ޗޭނަށް ބޮޅެއް އިތުރުކުރަނީ. އިހަކަށްދުވަހު ފާސް ކުރީ ޒުވާނުން މިއުޒިކު ކުޅެލާ މަޖާކޮށްލާ މަރުކަޒެއް އަޅަން ދެންމިހާރު…..

  4. އާކިފް

    ހަމަ ނުޖެހޭ ބިލްއެއް