ޚަބަރު

އަނދައިގެން ދިޔަ ފައިސާގެ ބަދަލުގައި އެމްޕީ ސަލީމް 5000 ރުފިޔާގެ އެހީއެއް ދެއްވައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހއ. ހޯރަފުށީ، ރޯޝަނީގޭގައި އަލިފާން ރޯވެ އެރަށުގައި މަސައްކަތް ކުރާ ބިދޭސީ މީހާގެ ފައިސާތައް އަނދައިގެން ދިއުމުން، އޭގެ ބަދަލުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް 5000 ރުފިޔާ ދެއްވައިފިއެވެ.

Ads by Sosun Fihaara

އިއްޔެ އެރަށުގައި އަލިފާނުގެ ހާދިސާ ހިނގައި، އެރަށުގައި ދިރިއުޅޭ ބިދޭސީމީހެއްގެ 5340 ރުފިޔާ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އޭނައަށް ލިބުނު ގެއްލުން ފޫބެއްދުމަށް ޓަކައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވަނީ އެ ބިދޭސީ މީހާއަށް 5000 ރުފިޔާގެ އެހީއެއް ވެދީފައެވެ.

އަލިފާނުގެ ހާދިސާ ހިނގައި އެ ބިދޭސީ މީހާ ދިރިއުޅެމުން ދިޔަ ގެ އަނދައި ހުލިވެގެން ދިއުމާ ގުޅިގެން ވަގުތުން ރަށު ކައުންސިލުން ވަނީ އެ ބިދޭސީ މީހާއަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖައްސައި ދީފައެވެ.

އިއްޔެ އެ ރަށުގައި ރޯވި އަލިފާން ގަނޑު ނިއްވައިލުމުގައި ރަށުގެ ކައުންސިލު ހުރިހާ މެމްބަރުންނާއި ކައުންސިލު ރައީސްއާއި، މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުންނާއި އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!