Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނީލޯފަރު މަގުގައި ހުންނަ ގެއަކުން ދުން އަރާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ނީލޯފަރު މަގުގައި ހުންނަ ގެއަކުން ދުން އަރާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ނީލޯފަރު މަގުގައި ހުންނަ އިމާރާތަކުން ދުން އަރާތީ އެމްއެންޑީއެފް ފަޔަރ ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެތަނުން ދުން އެރީ އެ އިމާރާތުގެ ފުރަތަމަ ބުރީގައި ހުރި ގުދަނެއްގައި ރޯވެގެން ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ދިޔައިރު އަލިފާން ނިއްވައިލައިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ އަލިފާން ރޯވެފައި ހުރީ އެ ގުދަނުގައި ހުރި ބޮތްކެއްގައި ކަމަށާއި އިތުރު އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

މަންޒަރު ދުށް މީހަކު “ދެން”އަށް މައުލޫމާތު ދެމުން ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ “ލައިޓެއް ސޯޓު ވެގެން” ކަމަށް ބެލެވޭ ކަމަށެވެ. އަދި އެތަނަށް ފުލުހުން ވަރަށް އަވަހަަށް އެޓެންޑު ކުރި ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް