Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޒުވާނާ މަރުވި އެކްސިޑެންޓްގައި ފިލި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ޒުވާނާ މަރުވި އެކްސިޑެންޓްގައި ފިލި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މިދިޔަ ބުދަ ދުވަހު މާލޭގައި މީހަކު މަރުވާން މެދުވެރިވި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 10 ދުވަސް ދީފައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ސުވާލު ކުރުމުން އޭނާ ބުނީ އެކްސިޑެންޓުގައި މަރުވީ އޭނާގެ ރައްޓެއްސެއް ކަމަށާއި އެހެން ނަމަވެސް ފިލައިފައި ނުވާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މި އެކްސިޑެންޓު ހިނގައިފައި ވަނީ މެއި މަހުގެ 26 ވަނަ ދުވަހުގެ ރޭ 10:00 ޖެހިއިރު ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި ސައިކަލުގެ ފަހަތުގައި އިން މީހާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް