ޚަބަރު

މިޝްކާގެ މަރު: އިހުމާލުވީ މައްސަލަ މަޖިލީހަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް19 ޖެހި ހާލު ބޮޑުވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެނިކޮށް ރޭ ދަންވަރު ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވެ އިހުމާލުވި މައްސަލަ މަޖިލީހަށް ހުށައަޅަން ނިންމައިފިއެވެ.

Ads by STELCO

މިޝްކާގެ މަރުގައި އިންތިހާއަށް އިހްމާލުވެފައި ވާތީ އެމައްސަލަ މަޖިލީހަށް ހުށައަޅައަޅަން ނިންމީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމެވެ.

އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންގޮސް ފަރުވާ ދެނިކޮށް މިޝްކާ މަރުވެފައި ވަނީ ރޭ ދަންވަރު 12:10 ގައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މިޝްކާގެ ހެއެއް ނެތެވެ.

ހޮސްޕިޓަލަށް މިޝްކާ ގެންދަން އެމްބިއުލާސް ދިއުން ލަސްވެ އެތައް ވަގުތެއް ހޭދަ ކުރަން ޖެހުނުކަމަށް އާއިލާއިން ބުނެއެވެ. އެމްބިއުލާންސް ގޮސްފައި ވަނީ އެކަމަށް އެދި ގުޅިތާ ދެ ގަޑިއިރަށް ވުރެ ގިނައިރުވީ ފަހުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ ރޭ އެމަޖެންސީ ކޯލެއް އައުމުން އެމްބިއުލާންސް ދިއުން ލަސްވި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އެމްބިއުލާންސްގެ ހިދުމަތަށް ވަގުތުން ބަދަލު ގެނެސް އެދެވިގެންވާ ފިޔަވަޅު އަޅައިފައި ވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި އެންމެ ހަގު މީހާއެވެ. އަަދި ކޮވިޑްގައި ރާއްޖެއިން މަރުވި ފުރަތަމަ ކުއްޖާއެވެ. ކޮވިޑް-19އިގެ މިހާލަތުގައި އެމްބިއުލާންސް އައުން ލަސްވާ މައްސަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.

Ads by HDC
  1. ޙުސެން

    ފުލުސް އޮފީހުގެ ބޭނުމެއް މި ގައުމުގައި އޮތްކަމަކަށް ނުފެނޭ. ބޭކާރު ޚަރަދު ނުކޮށް ފުލުސް އޮފީސް އުވާލާ މަޖިލީހުން ތަޙްގީގު ކުރަން ފެންނަނީ