Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މުދާ ބަރުކުރަން އޮތް ދޯންޏެއްގެ ފަޅުވެރިޔަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

މުދާ ބަރުކުރަން އޮތް ދޯންޏެއްގެ ފަޅުވެރިޔަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

އެމްޕީއެލް ސަރަހައްދަށް މުދާ ބަރުކުރުމަށް ވަދެ އޮތް ސޮނީ ހާރޑްވެއަރގެ "ފަރުމާ"ގެ ފަޅުވެރިއެއް ހޭ ނެތިގެން ވެއްޓުމުން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެނިކޮށް ނިޔާވެއްޖެއެވެ.

އެމްޕީއެލްގެ ސްޕޯކްސްޕާރސަން، ދާނިޝް ނިޒާމް ވިދާޅުވީ އޭނާ ހޭ ނެތިގެން ވެއްޓުމުން އެމްޕީއެލްގެ އިމަރޖެންސީ ރެސްޕޯންސް ޓީމުން ވަގުތުން އެ ހާދިސާ ހިނގި ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ކަމަށެވެ. އަދި އެތަނުގައި ސީޕީއާރު ދިނުމަށް ފަހު އެމްބިއުލާންސްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާނެ ކަމަށް ދާނިޝް ވިދާޅުވިއެވެ.

މީގެ އިތުރުން ދާނިޝް ވިދާޅުވީ ރިޕޯޓު ކުރިތާ 3 މިނެޓު ތެރޭގައި އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަ މަށާއި މި ހާދިސާގެ ރިޕޯޓު އެމްޕީއެލްއަށް ލިބިފައިވަނީ މިއަދު 11:23ގައި ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެ މީހާ ހޮސްޕިޓަލަށް ގެންދެވުނީ 11:26ގައި ކަމަށް ވެސް ދާނިޝް ވިދާޅުވިއެވެ. ހާދިސާގައި ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔައީ ބަނގްލަދޭޝްގެ ރައްޔިތަކަށެވެ. އެމީހާ މިހާރު ނިޔާވެފައިވާކަމަށް އައިޖީއެމް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް