ޚަބަރު

މާފަންނު އިހުސާން ފިހާރަ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާފަންނު އިހުސާން ފިހާރަ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by STELCO

އެމްއެންޑީއެފުން ވިދާޅުވީ މާފަންނު ހިތްފަސޭހަވާދީގޭގެ ދެވަނަ ފަންގިފިލާގައި ހުރި ކަރަންޓު ބޯޑެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް އެސްކިއު ޓީމުން ހަރަކާތްތެރިވަމުންދާކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ވިދާޅުވީ ފަޔަރ ޓީމުން އެ ސަރަހައްދަށް ދިޔަ އިރު އަލިފާން ނިއްވާލެވިފައިވާކަމަށެވެ.

އަދި މިވަގުތު ސްޓެލްކޯއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!