Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހިޔާ ފުލެޓުގެ ކުލި ކުޑަކުރަން ޕެޓިޝަނެއް

ހިޔާ ފުލެޓުގެ ކުލި ކުޑަކުރަން ޕެޓިޝަނެއް

ހިޔާ ފުލެޓުގެ ކުލި ކުޑަކުރުމަށާއި އަދިވެސް ތަފާތު އެތައް ކަމެއް ހުށަހަޅައި ތައްޔާރު ކުރެވުނު ޕެޓިޝަން  ސަރުކާރަށް ހުށަހަޅައިފިއެވެ.

"ހިޔާ  ފްލެޓު  ޔޫނިއަން"ވައިބާރ ގުރޫޕުން އިސްނަގައިގެން ސޮއި ކުރެވުނު މި ޕެޓިޝަންގައި ހިޔާ ފުލެޓުގެ މަހު ކުލީގެ ގޮތުގައި ހުށަހަޅާފައި ވަނީ 5،500ރުފިޔާއަށް ވުރެ ބޮޑު ނުވާނެ އަަދަދެކެވެ.  މިއީ ގާތްގަނޑަކަށް ކުރީ ސަރުކާރުން ފިނިޝިންއާ އެކު ދޭން ބުނި އަގެވެ.ފިނިޝިންއާ އޭރު ނިންމައިފައިވާ އަގަކީ 5،600 ރުފިޔާއެވެ.

ހުޅުމާލެއިން ސޯޝަލް ހައުސިންގެ ގޮތުގައި އެތެރޭގެ މަސައްކަތްތައް ނިންމާފައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓްތަކަށް ދައްކަން ޖެހެނީ މަހަކު 6000 ރުފިޔާއެވެ. ހިޔާމަޝްރޫއުގެ ދަށުން ފިނިޝިންގެ މަސައްކަތްތައް ވެސް ނުނިންމާ ހުރި ދެ ކޮޓަރީގެ އެޕާޓްމެންޓެއް 7500ރ. ދޭތީ އެކަން ބަލައި ނުގަނެވޭނެ ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.އަދި ހަމަހަމަ އުސޫލަކުން ކަންކުރާ ނަމަ އަގުގައި މިވަރުގެ ބޮޑު ތަފާތެއް ވަނީ ކީއްވެތޯ އެ ޕެޓިޝަނުގައި ވަނީ ސުވާލު ކޮށްފައެވެ.

Advertisement
Ooredoo — Square (box)

ސަރުކާރުން ހިޔާފްލެޓުގެ މަހު ކުލީގެ ގޮތުގައި އިއުލާންކޮށްފައި ވަނީ 7،500  އަދި  މެއިންޓެނެސްފީއަށް 1،000  ރުފިޔާއެވެ. މިނިންމުމާ ދެކޮޅަށް ބޯހިޔާވަހިކަމުގެ ކަންކަމާ ގުޅޭ މަސައްކަތުގައި ހަރަކާތްތެރިވާ  އާންމުންގެ ޖަމްއިއްޔާ(ކޮތަރު ކޮށި) އަދި ހިޔާ ފްލެޓު ޔޫނިއަންއިން ވެސް މިވަނީ ސަރުކާރަށް ހުށަހެޅުން ތަކެއް ހުށަހަޅައިފައެވެ.އެންމެންގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައި ވަނީ ފްލެޓުތަކުގެ މަހު  ކުލި ބޮޑު ވުމެވެ.

އަދި ހަމަ އެހެންމެ ކުލި ނުހިނގާ ގޮތަށް ފިނިޝިން މަސައްކަތް ނިންމަން 12 މަސް ދިނުމާއި އެހެނިހެން  އެތައް ކަމެއް މި ޕެޓިޝަންގައި ހިމަނައިފައި ވެއެވެ.

ފްލެޓު ލިބުނު އެތައް ބައެއްގެ ސޮޔާއެކު ޕެޓިޝަން މިހާރު ވަނީ ސަރުކާރުގެ މުއައްްސަސާތަކާއި މާލޭ ސިޓީ  ކައުންސިލަށް ވެސް ހުށަހަޅައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް