Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގއ. ގެމަނަފުށިން އިތުރު ބަޔަކު ފައްސިވެ، ހަރަކާތްތެރި ވޭދަނައިގެ އަދަދު 59އަށް

ގއ. ގެމަނަފުށިން އިތުރު ބަޔަކު ފައްސިވެ، ހަރަކާތްތެރި ވޭދަނައިގެ އަދަދު 59އަށް

ގެމަނަފުށިން އިތުރު 5 މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

އެ ރަށުން އަލަށް ފައްސިވި 5 ފަރާތަކީ ކުރިން ފައްސިވި ފަރާތްތަކާ އެކު ދިރިއުޅޭ ފަރާތްތަކެއްކަމުގައި ސިއްޙީ މަރުކަޒުން މަޢުލޫމާތު ދެއެވެ. މިއާ އެކު ގެމަނަފުށީގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިވަނީ 88 އަށް އަރައިފައެވެ. އަދި ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ 59 އެވެ.

އެ ރަށުން ޖުމްލަ 37 ސުންކެއް ކޮވިޑް-19އަށް ނައްސިވެފައިވެއެވެ. އަދި 19 ސުންކެއްގެ ނަތީޖާ ނުލިބެއެވެ. އެ ރަށުން ބަލިން ފަސޭހަވެފައި ވަނީ 29 މީހުންނެވެ. އަދި އެރަށުގެ 32 ގެއެއްގައި 103 މީހަކު ވަނީ ކަރަންޓީނު ކޮށްފައެވެ.

Advertisement
Ooredoo — Square (box)

ރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ގެމަނަފުށީގައި ކޮންޓެކްޓް ޓްރޭސިންގެ މަސަައްކަތް މިހާރު ދަނީ ކުރިއަށެވެ. އެ މަސައްކަތް ނިމެންދެން އެ ރަށުގައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

އަތޮޅުތަކުގެ ގިނަ ރަށްރަށުގައި މިހާރު ވަނީ ކޮވިޑް ބަލި ފެތުރިފައެވެ. 70އަށް ވުރެ ގިނަ ރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ. ވެރިރަށް މާލޭގައި ވެސް ހަލުވިކަމާ އެކު ދުވަހެއް ދުވަހަކަށް ދަނީ ބަލި ފެތުރެމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް