ޚަބަރު

"ހިސާންގެ ބިލްގެ ސަބަބުން ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތުމަށް ނުރައްކާވޭ"

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ނަފްރަތު އުފެއްދުމާ ދެކޮޅަށް ، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލްގެ ސަބަބުން، ދިވެހިރާއްޖެ ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް އަތުވެދާނެ ކަމަށް މަދަނީ ޖަމްއިއްޔާތަކުގެ އިއްތިހާދެއް ކަމަށްވާ ރައްޔިތުންގެ ޢިއްތިހާދުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަކީ ޤާނޫނީގޮތުން ހިމާޔަތް ކުރެވިފައިވާ ބައެއްކަމަށް ހެދުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް އެކަމާ ދެކޮޅަށް ރައްޔިތުންގެ އިއްތިހާދުން މިއަދު ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވެފައި ވަނީ، ނަފްރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ކަމަށް ބުނެ 17 މޭ 2021 ވީ ހޯމަ ދުވަހު އެޓާރނީ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ ޤާނޫނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި، މި ދިވެހިރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްދަކޮށް، އެފަދަ ޢަމަލުތައްކުރާ މީހުން ޤާނޫނީ ގޮތުން ހިމާޔަތް ކުރެވި ބާރުވެރި ކުރެވި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތައް ސީދާ ޙަމަލާ ދިނުމުގެ ގޮތުން ބަޔަކު އަޑީގައި ތިބެ ކުރުވާ ލާދީނީ އަދި ޣައިރު ޤާނޫނީ ޢަމަލެއް ކަމަށެވެ.

އަދި އަޑިނުބައި ވެގެންވާ ކުށްވެރިކޮށް އެ ފަސާދަ ހުއްޓައިލާން އެ އިއްތިހާދުން ވަނީ ގޮވައިލައްވައިފައެވެ.

މީގެ އިތުރުން ޤާނޫނުގައި މިހާރު ވެސް މަނާ ކުރެވި އަދަބު ކަނޑައެޅިފައި ވަނިކޮށް، ކީރިތި މާތް ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ބަޔާނެއް ނެރުނު MDN މައްސަލައާއި އުތެމަގެ މައްސަލައަށް ވެސް ފަސްއަޅައި ފޮރުވައިގެން ތިބޭ އިރު، ގެއްލިގެން ގޮސްފައިވާ މުސްލިމް މުޖްތަމަޢުގެ ޙައްޤާއި މުސްލިމް ޤައުމެއްގައި އިސްލާމްދީން "ޓޮލެރޭޓް" ނުކުރަން ވަކިބަޔަކު ކުރަމުންދާ މަސައްކަތާ މެދު، މަޖިލިސް މެންބަރުންނާއި އެނޫން ވެސް މަސްއޫލުވެރި ފަރާތްތަކުން މި ޖަރީމާއާ ދެކޮޅަށް ޤާނޫނީ ޒިންމާ އަދާކުރައްވައި މިކަމާ ބެހޭ އެއްވެސް ތަފުޞީލެއް ވިޔަސް ނުވަތަ ޚުލާޞާކޮށް ނަމަވެސް، އެ މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ދީނީ އަދި ޤާނޫނީ އެއްވެސް ފިޔަވަޅެއް އެޅުމަށް ޓަކައި ހަމަ އެއްވެސް ކަމެއް ކުރާތަން ދިވެހި ރައްޔިތުންނަށް ނުފެންނަކަމީ މި މައްސަލައިގެ ނުރައްކާތެރިކަން އިތުރު އެތައް ގުނައަކަށް ބޮޑުވެގެންދާ ކަމެއް ކަމުގައި ވެސް އެ އިއްތިހާދުން ނެރުއްވި ނޫސް ބަޔާނުގައި ފާހަގަ ކުރައްވައިފައި ވެއެވެ.

ނަފްރަތު އުފެއްދުމާ ދެކޮޅަށް ހިސާން ހުސައިން ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން އާންމު ރައްޔިތުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

Ads by Allied Insurance
  1. މުށްލާ

    މިރާއްޖެ 100 އިން 100 މުސްލިމް ގައުމެއްގޮތުގަ ގިޔާމަތާހަމަޔަށް އޮންނާނެކަމަށް ﷲގެ ފޮތުގަ ލިޔުއްވާފަ އޮތިއްޔާއޮންނާނެ އެގޮތުގަ ނެތިއްޔާނޯންނާނެ އެއްވެސްއިންސާނަކަށް ﷲނިޔާ ބަދަލެއްނުކުރެވޭނެ ވާންހުރިކަންތައް ވަމުންދާނީ ދެންކަލޭމެން ކޮންފޮނެއްއަރުވާކަށް ތީއަމިއްލައެދުމައިގެން އުޅޭބައިގަނޑެއް

  2. ޢަހުމަދު

    ޜަގަޅު ވާހަކަޔެއް

  3. ކައިޒީން

    ތިޔަ ފޮޓޯގައިވަނީ ސަލަފު އިލްމުވެރީންނެވެ. އިލްލުވެރީންގެ ގުޅުމުގެ ފޮޓޯއެއް ހަމަ ނެތީހެއްޔެވެ؟؟

  4. ރަހޭ

    ވަާންހުރިކަންތައް ވާނީވެއްޖެއްޔާ އެއްވެސް ކަމަކާގުޅިގެން ކުރަންޖެހޭ ތަހުގީގެއް އޮންނާނެތޯ. އެކަންވާން ހުރީމަނޫންތޯއެކަންއެވީ. ކަާނެކަމެއްވެސްނެތް ބަޑުހައިވާން ހުރީމައެބަޑުހައިވީ .

  5. ރައްޔިތުން

    ގާނޫނުލް އުގޫބާތަކ ކީރިތި ގުރުއާން ކަމަށްކަނޑައަޅަންވީ

  6. ބުލް

    މިވަގުތުު ގައުމުު ހަލަބޮލިި ނުކުރޭ