ސިއްޙަތު

ފަލަ މީހުންނަށް ކޮވިޑް-19 ޖެހުމުން ބަލީގެ އަސަރު ގިނަ ދުވަހަށް ދެމިހުރޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ހަށިގަނޑުގެ ބަރުދަން ހުންނަންވާ މިންވަރަށް ވުރެ އިތުރު މީހުންނަށް ކޮވިޑް-19 ޖެހުމުން ބަލީގެ އަސަރު ގިނަ ދުވަހަށް ހުންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by STELCO

ޑައެބީޓީސް، އޮބޭސިޓީ އެންޑް މެޓަބޮލިޒަމް ޖާނަލްގައި ޝާއިއު ކޮށްފައިވާ މިދިރާސާގައި ބުނެފައި ވަނީ ކޮވިޑް-19 ޖެހޭ ފަލަ މީހުންނަށް ބަލިން ރަނގަޅުވުމަށް ފަހު ވެސް، ހިތުގެ މައްސަލަތަކާއި ލޭގަނޑުވުމާއި ފުއްޕާމޭގެ މައްސަލަތައް އެތައް މަހެން ވަންދެން ދިމާވާ ކަމަށެވެ. މީގެ އިތުރުން ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވެ، ދިފާޢީ ނިޒާމު ބަލިކަށި ކޮށްލާ ކަމަށް މި ދިރާސާއިން ދައްކައެވެ.

މިދިރާސާގައި ބުނާ ގޮތުން އާދަޔަ ޚިލާފަށް ފަލަމީހުންނާއި ހަކުރުބަލިގެ މީހުންނާ އަދި ލޭމައްޗަށްދާ މީހުންނަށް ކޮވިޑް-19 ޖެހުމުން ކުރާ އަސަރުތައް އިތުރުވެފައި، އެފަދަ ފަރާތްތަކަށް ތަޙައްމަލް ކުރަން ޖެހޭ ވޭން ވެސް އިތުރެވެ. އަދި ބަލީގައި ބޮޑުވަރު ވުމުގެ ފުުރުސަތު މިފަރާތްތަކަށް އިތުރު ކަމަށް މިދިރާސާގައި ބުނެފައިވެއެވެ.

މިދިރާސާ ހަދައިފައި ވަނީ ކޮވިޑް-19 ޖެހުން 2،839 މީހެއްހެ ހާލަތު 10 މަސް ދުވަހުގެ މުއްދަތަށް އޮބްޒާމް ކުރުމަށްފަހުގައެވެ.

މިދިރާސާއިން ދެއްކި ގޮތުގައި އެ މީހުންގެ ތެރެއިން 44 އިންސައްތަ މީހުންވަނީ ބަލިން ރަނގަޅުވުމަށް ފަހު ވެސް ބަލީގެ ސަބަބުން ޞިއްޙީ އެހެނިހެން މައްސަލަތައް ދިމާވެގެން ޑޮކްޓަރަށް ދައްކައިފައެވެ. އަދި ގިނައިން ދައްކައިފައި ވަނީ ފަލަ މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!