ޚަބަރު

ހިސާންގެ ބިލަށް ވޯޓު ދީފިނަމަ އެ ވެވެނީ މަޖިލީހުގެ މެންބަރުން ކޮށްގެން ތިބި ހުވަޔާ ޚިލާފު: ޖޭޕީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލަށް ވޯޓު ދީފި ނަމަ އެ ވެވެނީ މަޖިލީހުގެ މެންބަރުން ކޮށްގެން ތިބި ހުވަޔާ ޚިލާފުކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއިން ބުނެފިއެވެ.

Ads by Sosun Fihaara

ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްވަތްވާ މެންބަރު ހިސާން ހުށަހެޅި އެ ބިލުގައި އިސްލާމީ އަގީދާއާ ގުޅުވައި މުޖްތަމައުގައި މީހަކާ މެދު ނަފްތަރު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ވެސް ކުށެއް ކަމުގައި ވަނީ ކަޑައަޅައިފައެވެ.

މިކަމާ ގުޅިގެން ޖޭޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ބިލު ފާސްކުރަން އުޅެނީ ވަކި ބަޔަކަށް ހިމާޔަތް ހޯދައިދިނުމަށް ކަމަށެވެ. އަދި އެ ޕާޓީން ދެކޭ ގޮތުގައި ހިސާންގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައިފައި އޮތް ގޮތަށް، އެ މަފްހޫމުގައި ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި ނަމަ، ރައްޔިތުންގެ މަޖިލީހާއި އަދި އެ ނޫން ވެސް ތަންތަނުގައި ﷲ ތައާލާގެ މަޝްރަތަށާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް އެ ހުޅުވައިދެވުނީ އެކަން ކުރުމުގެ ގާނޫނީ ދޮރެއް ކަމުގައި ވެސް ބުނެފައިވެއެވެ.

ﷲ ތަޢާލާގެ ހަޒްރަތަށާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް މިހާރު ހެދިފައި ހުރި ގާނޫނު ތަކުގައި ބުނެދީފައި އޮތް ނަމަވެސް އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު ނާޅާކަން ޖޭޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Ads by Ooredoo
  1. ކަނަމަނަ

    ޙިސާނު ހިތައްވަރައް ޢަސަރު ކުރާނެ ލޯބިވެރިޔާއައް ލާދީނީއޭ ގޮވުމުން