Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖެޓްސްކީއަކުން ވިއްސައިގެން ގޮސް ދަގަނޑެއްގައި ޖެހި ޒުވާނަކު ނިޔާވެއްޖެ

ޖެޓްސްކީއަކުން ވިއްސައިގެން ގޮސް ދަގަނޑެއްގައި ޖެހި ޒުވާނަކު ނިޔާވެއްޖެ

ށ.ފުނަދޫގައި ޖެޓްސްކީއަކުން ވިއްސައިގެން ގޮސް ދަގަނޑެއްގައި ޖެހި ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ފުނަދޫ ދަށްފަޅުގައި ދުއްވި ޖެޓްސްކީއެއް އަނބުރައިލި ވަގުތު އެ ޖެޓްސްކީގެ ފަހަތުގައި އިން މީހާ ވިއްސައިގެން ގޮސް އެއްގަމުގައި ޖަހައިފައި ހުރޮ ދަގަނޑެއްގައި ޖެހި ޒަހަމްވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4 ޖަހާއިރު ލިބިފައިވާ ކަމަށެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވީ އެ ޒުވާނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ނިޔާވެފައިވާ ކަމަށެވެ. އޭނާއަކީ 22 އަހަރުގެ ޒުވާނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

Advertisement
Ooredoo — Truecaller (box)

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް