ޚަބަރު

ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ޒަހަމްކޮށްލި މައްސަލައިގައި ހަތަރު ވަނަ މީހަކު ހައްޔަރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދީ ޒަހަމްކޮށްލި މައްސަލައިގައި ހަތަރު ވަނަ މީހަކު ވެސް ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ހިނގި އެ ހާދިސާއާ ގުޅިގެން އިތުރު މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޯޓް އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައިގައި މީގެ ކުރިން އުމުރުން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 19 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން 24 އަހަރުގެ މީހާއާއި 25 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރެއެވެ. އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައިވެއެވެ.

ޒަހަމްކޮށްލި މީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޒަހަމް ކޮށްލައިފައި ވަނީ އުމުރުން 29 އަހަރުގެ ހަސަން އިބްރާހިމެވެ. އެނގިފައިވާ ގޮތުގައި، މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ހަސަން ހިފަހައްޓައި ކާރަކަށް އަރުވައިގެން ގެންގޮސް ބޮޑެތި އަނިޔާތަކެއް ދީފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!