Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކުރަން ސިޓީ ފޮނުވުމަކީ ކަންބޮޑުވުމެއް: މާރިޔާ

ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކުރަން ސިޓީ ފޮނުވުމަކީ ކަންބޮޑުވުމެއް: މާރިޔާ
ވަކިވަކި ސިފައިންގެ ނަން ޖަހައި، އެމީހުން ކޮމިޓީއަށް ހާޒިރުކުރަން ސިޓީ ފޮނުވުމަކީ ކަންބޮޑުވުމެއް ކަމަށާއި، ސިފައިންގެ އެ ކަންބޮޑުވުން އޮތީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ އޮތް ގޮތުން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރަމުންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމަށް ނިންމައި އެ ކޮމިޓީން ވަނީ މުއައްސަސާތަކުގެ އިސްބޭފުޅުން ހާޒިރު ކުރައްވައިފައެވެ. ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި، ކޮމިޓީން ކުރަމުންދާ އިންކުއަރީއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި، އެ އިންކުއަރީއަށް އެމްއެންޑީއެފް މުއައްސަަސާއެއްގެ ގޮތުގައި ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީ ވާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

ވަކިވަކި ސިފައިންގެ ބަދަލުގައި އިންކުއަރީއަށް ޖަވާބުދާރީ ވާނީ މުއައްސަސާގެ ފަރާތުން ވެރިން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އެގޮތުގެ މަތިން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވަނީ އިންކުއަރީއަށް ހާޒިރުވެވަޑައިގެންފައެވެ.

މީގެ އިތުރުން ފުލުހުންގެ މުއައްސަސާގެ އިސްވެރިން ވެސް ވަނީ އެކޮމިޓީއަށް ހާޒިރުކޮށް ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ. އެ ކޮމިޓީއަށް އެންމެ ފުރަތަމަ ހާޒިރުކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް