Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާއްޖޭގެ 3 ރިސޯޓަކުން ސަރވިސް ޗާޖުގެ ގޮތުގައި 20000 ރުފިޔާ

ރާއްޖޭގެ 3 ރިސޯޓަކުން ސަރވިސް ޗާޖުގެ ގޮތުގައި 20000 ރުފިޔާ

މިދިޔަމަހު ރާއްޖޭގެ 3 ރިސޯޓަކުން ސަރވިސް ޗާޖުގެ ގޮތުގައި 20000 (ވިހި ހާސް) ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދީފިއެވެ.

މި 3 ރިސޯޓަކީ ވެލާ ޕްރައިވެޓް އައިލެންޑް، ވޯލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓު އަދި ޝެވަލް ބްލޯންކް ރަންދެލި ރިސޯޓެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ސަރވިސް ޗާޖުގެގޮތުގައި ކޮންމެ މުވައްޒަފަކަށް 1660 ޑޮލަރު ދީފައިވެއެވެ. އެއީ 25597 ދިވެހި ރުފިޔާއެވެ.

Advertisement
Allied Insurance — Square (box)

ދެވަނައަށް އެންމެ ގިނައިން ސާވިސް ޗާޖު ޖެހިފައި ވަނީ ވޯލްޑޯފް އެސްޓޯރިއާ އިތާފުށިށްނެވެ. އެ ރިސޯޓުގައި ސަރވިސް ޗާޖުގެ ގޮތުގައި ދީފައި ވަނީ 1486 ޑޮލަރު ނުވަތަ 22914 ރުފިޔާއެވެ.

ތިންވަނައަށް އެންމެ ބޮޑުކޮށް ސަރވިސް ޗާޖު ދީފައި ވަނީ ޝެވަލް ބްލޯންކް ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުން ހުސްވި މަހު ސަރވިސް ޗާޖުގެ ގޮތުގައި ބަހައިފައި ވަނީ 1380 ޑޮލަރެވެ. އެއީ 21279 ރުފިޔާއެވެ.

މި 3 ރިސޯޓުގެ އިތުރުން ދެން އެންމެ މަތިން ސާވިސް ޗާޖު ޖެހިފައި ވަނީ ޖޯލި މޯލްޑިވްސް، ދަ ނައުޓިލަސް މޯލްޑިވްސް އަދި ވަން އެންޑް އޮންލީ ރީތި ރަށުންނެވެ. މި ތިން ރިސޯޓުގެ ސާވިސް ޗާޖްވެސް އުޅޭނީ 1000 ޑޮލަރަށް ވުރެ މަތީގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް