ޚަބަރު

ޑްރަގުގެ އެއްވެސް ނެޓްވޯކަކާ ގުޅުމެއް ނެތް:މިސްބާހް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ މިސްބާހު މުހައްމަދު، ހަމަ އެ މަހު ދުބާއީއަށް ގޮސް އެ ގައުމުން ޕާކިސްތާނަށް ދިޔަކަން އެނގިފައިވާ ކަމަށާއި މިސްބާހު ޕާކިސްތާނަށް ގެންދިޔައީ ރާއްޖެއަށް އެތެެރެކުރި މަސްތުވާތަކެތީގެ އަގު އަދާކުރާނެ ކަމުގެ "ގެރެންޓާ" އެއްގެ ގޮތުގައި ބެލެވޭ ކަމަށް ފުލުހުން ވިދާޅުވެފައި ވަނިކޮށް އެކަންކަން ދޮގުކޮށް މިސްބާހް އަމިއްލައަށް ކޮށްފައިވާ ވީޑިޔޯ މެސެޖެއް، މީސް މީޑިޔާގައި ދައުރުވާން ފަށައިފިއެވެ.

Ads by STELCO

އެ ވީޑިޔޯ މެސެޖުގައި އޭނާ ބުނާގޮތުގައި އޭނާއާ ބެހޭ ގޮތުން ފުލުހުން ވަނީ ދޮގު ހަދައިފައެވެ.

"އަހަންނަކީ ޑްރަގްގެ އެއްވެސް ނެޓްވޯކަކާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން. ފުލުހުން ހަދަނީ ދޮގު" 8 ސިކުންތުގެ ކުރު ވީޑިޔޯއެއްގައި މިސްބާހް ބުނެއެވެ.

އުމުރުން 25 އަހަރުގެ މިސްބާހް އުޅެމުން ދިޔައީ އޭނާގެ އުފަން ރަށް ހދ. ނޮޅިވަރަންފަރުގައި ކަމަށް ވިޔަސް އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރީ މިސްބާހު މާލެ އައި ފަހުން ވީނުވީއެއް ނޭނގުމުން ކަމަށް އޭނާ ހޯދަން ފުލުހުން ކުރި އިއުލާނުގައި ވިދާޅުވެފައިވެއެވެ.

މިސްބާހު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ އޭޕްރީލް މަހުގައި ކަމަށް ވިޔަސް އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ރާއްޖޭން ދުބާއީ އަށް ގޮސްފައިކަން ފުލުހުން، އިމިގްރޭޝަނާ ހަވާލާދީ ފަހުން މައުލޫމާތު ދެއްވައިފައި ވެއެވެ.

މަސްތުވާތަކެތީގެ އެކި މައްސަލަަތަކުގެ ރެކޯޑް އޮންނަ މިސްބާހް މާލެ އައިސް އުޅުނީ މިދިޔަ އަހަރުގެ ފަހުކޮޅު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކުރި ގްރޫޕްގެ މީހުންނާ އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ބޭރުގެ ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި މިސްބާހު ހުރި ކަމަށް ބެލެވޭ މައުލޫމާތުތަކެއް އޮންލައިން ނޫސް "މިހާރު" އަށް ލިބި އެކަން އިއްޔެ ރިޕޯޓްކުރި ފަހުން ފުލުހުން ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީން މިސްބާހް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކައެވެ.

މިސްބާހް ރާއްޖޭން ބޭރަށް ދިޔައީ ނޮވެމްބަރު 19ގައި ކަމަށް ކުރިން ވިދާޅުވެވިފައި ވަނީ މައުލޫމާތުގެ ކުށަކުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިސްބާހު ގޮވައިގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އިރުފާނެވެ. އިރުފާނު ހައްޔަރުކުރީ މިސްބާހު ދުބާއީއަށް ގެންގޮސް އެނބުރި އައި ފަހުން މަސްތުވާތަކެއްޗާ އެކުގައެވެ. މިސްބާހު ގޮވައިގެން ދުބާއީއަށް ދިއުމަށް ފަހު އިރުފާން ވަނީ މިދިޔަ ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓަކުން އެނބުރި ރާއްޖެ އައިސްފައެވެ.

އިރުފާނާއި މިސްބާހް ދުބާއީއަށް ދާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި ވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު 'މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިސްބާހު ފުރުވަން އެހީތެރިވެފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއެވެ.

Ads by HDC
  1. ޫޔޫއެން

    ކޮބާ ވީޑިއޯ؟؟؟؟