Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބްރިޓްނީ އަލުން އެނބުރި އެކްޓިންގެ ދާއިރާއަށް

ބްރިޓްނީ އަލުން އެނބުރި އެކްޓިންގެ ދާއިރާއަށް
ލަވައިގެ ދުނިޔޭގައި ނަން މަޝްހޫރު ބްރްޓްނީ ސްޕިއަރސް އެނބުރި އެކްޓިންގެ ދާއިރާއަށް ނިކުންނަ ނިންމައިފިއެވެ.

ބޭރުގެ ޚަބަރުތައް ބުނާ ގޮތުން ބްރިޓްނީގެ ލޯބިވެރިޔާ ވަނީ އޭނާ އެކްޓިންގެ ދާއިރާއަށް އަލުން ނިކުންނަން ބާރުއަޅައިފައެވެ. އަދި މިކަމަށް އެކްޓިން ކޯޗެއް ވެސް ހޯދިއެވެ.

ބްރިޓްނީގެ ގާތް އެކުވެރިއެއް ބުނި ގޮތުގައި ލޮކްޑައުން ދުވަސްވަރު ވެސް އޭނާ ވަނީ އެކްޓުކުރުމަށް ފަރިތަކޮށްފައެވެ. އަދި ބްރިޓްނީގެ ލޯބިވެރިޔާ، ސޭމް ވަނީ އެކަމަށް އޭނާއަށް ހިތްވަރު ދީފައިވާ ކަމަށް ވެސް އެ އެކުވެރިޔާ ބުނެފައި ވެއެވެ.

މީގެ އިތުރުން ބްރިޓްނީގެ ޙަޔާތުގެ މައްޗަށް ފިލްމެއް އުފައްދައި އެ ދެމީހުން އެކުގައި ފިލްމުގައި މަސައްކަތް ކުރުމަށް ވެސް ސޭމް ވަނީ ހިތްވަރުދީފައެވެ.

Advertisement
Ooredoo — Truecaller (box)

ބްރްޓްނީ ސްޕިއަރސް ވަނީ އެމެރިކާގެ ސްޕައި އެކްޝަން ކޮމެޑީ ޑްރާމާ ސީރީޒްއަކުން ވެސް ފެނިފައެވެ.

ބްރިޓްނީ އަލުން އެކްޓިންގެ ދާއިރާއަށް ނިކުންނަން ނިންމާފައިވާ ކަމެއް އަދި ޔަގީންކަމާ އެކު ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް އެކްޓު ކުރުމަށް ޝައުގުވެރިކަން ހުންނަ ކަމަށް ބްރިޓްނީ ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް