ޚަބަރު

އިޤްތިޞާދީ ގެއްލުމުން އަރައިގަތުމަށް އޯޕެކުން 10 މިލިއަން ޑޮލަރު ދެނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މާންދޫ ފިޝަރީސް ކޮންޕްލެކްސް

ކޮވިޑްގެ ސަބަބުން ލިބުނު އިޤްތިޞާދީ ގެއްލުމުން އަރައިގަތުމަށް އޯޕެކް ފަންޑު ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްއިން، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އާ އެކު 10 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by STELCO

އޯޕެކް ފަންޑާ އެކު މި ވެވުނު އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުން ހުރި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ފައިސާ ދޫކުރާނެ ކަމަށާއި މިލޯނަކީ ޕާޓްނަރ ޤައުމުތަކަށް ކޮށްފައިވާ ނޭދެވޭ އަސަރުން އަރައިގަތުމަށް އެހީތެރިވުމަށް މިދިޔަ އަހަރު ފާސްކުރި އޯޕެކް ފަންޑުގެ ކޮވިޑް-19 ރެސްޕޯންސް ޕެކޭޖްގެ ދަށުން ދޫކުރެވޭ ލޯނެއްކަމަށް ބީ.އެމް.އެލްއިން ބުނެއެވެ.

މި ލޯނުގެ އެހީއާ ގުޅޭ ގޮތުން އޯޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޢަބްދުލްހާމިދު އަލްޚަލީފާ ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް، އިން ބުނީ، މި ލޯނު ދޫކުރެވޭނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގެއްލުންވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި، އެ ސިނާއަތާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. ބީއެމްއެލްއިން މިހާރު ވެސް ކޮވިޑްގެ ސަބަބުން ގެއްލުންވި ވިޔަފާރިތަކަށް އެހީވުމަށް އިކޮނޮމިކް ރިލީފް ޕެކޭޖެއް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. އަދި ކޮވިޑްގެ 4 ވަނަ ރާޅާ އެކު އިތުރު އެހީ މި ވަނީ ހަމަޖައްސައިފައެވެ.

މި ލޯނާ ގުޅޭ އިތުރު ތަފްޞީލު ފަހުން ހާމަކުރައްވާނެކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

  1. ވެރިޔާ

    އޯޕެކުން ތިދޭ ލޯންއެހީއިން އަހަރެމެން ގެސްޓް ހައުސްތައް ހެދުމަށް ނެގިލޯން ތަކަށް ލުއި ކަމެއް ހޯދައިދީބަލާ