Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސަރުކާރު އޮފީސްތައް އިތުރު ހަފްތާއަކަށް ބަންދު ކުރަން ނިންމައިފި

ސަރުކާރު އޮފީސްތައް އިތުރު ހަފްތާއަކަށް ބަންދު ކުރަން ނިންމައިފި

ކޮވިޑް-19 ރާއްޖޭގައި އިތުރުވަމުންދާތީ ބަލިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މުޅި ރާއްޖޭގައި އަޅަން ނިންމި ޚާއްސަ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގެ އޮފީސްތައް ހުޅުވައިގެން މަސައްްކަތް ނުކުރަން ނިންމަވައިފައިވާ މުއްދަތު އެއް ހަފްތާއަށް އިތުރު ކޮށްފިއެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ވިދާޅުވެފައި ވަނީ ޖޫން މަހުގެ 15ގެ ނިޔަލަށް ސަރުކާރު އޮފީސްތަކުން މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށާއި އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުން ދެމުންދާ އަސާސީ ޚިދުމަތްތައް ދިނުމާއި އެ އިދާރާއަކުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ އެ އިދާރާގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން އެޗްޕީއޭއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ވެސް އެ ދެންނެވުމުގައި ވިދާޅުވެފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

ހަމައެހެންމެ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކޮށްފައިވާ ދެންނެވުމުގައި ވަނީ ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަން ގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް