ބުޅާ ފެސިލިޓީ ހަދަން ނިންމީ ކުރީ ދައުރުގައި: ޝިފާ

ހުޅުމާލޭގައި ބުޅަލަށް ހާއްސަ ފެސިލިޓީއެއްގައި ހަދަން ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަަމަވެސް އެއީ ކުރީގެ ދައުރުގައި ނިންމި ނިންމުމެއްކަމަށާއި އެޕްރޮޖެކްޓް ވަނީ އެޗްޑީސީއާ އެކު ހެދިފައި ކަމަށް ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
"މާތްކަލާކޯ، ތިޔަ ނިންމުން ނިންމައިފައި ޕްރޮޖެކްޓް އެވަނީ އެޗްޑީސީއާ އެކު ހެދިފައި. ޖާގަ ވެސް ލިބިފައި ވަނީ. މަސައްކަތް ފަށަންވީ އަވަހަށް،" އެ ޕްރޮޖެކްޓްގެ މައުލޫމާތު ހިމެނޭ ޕީޑީއެފް ފައިލްއެއްގެ ފޮޓޯތަކާ އެކު ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
މާލެ ސިޓީގައި ބުޅާ ގިނަވެ އެކަމުގެ ސަބަބުން އެތައް ބަޔަކަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާ އެއީ ބޮޑުވެފައިވާ މައްސަލައެއް ކަމަށް މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެމައްސަލަ ހައްލު ކުރަން ހާއްސަ މަސައްކަތްތަކެއް މިއަދު ފަށާނެ ކަމަށާއި އެމަސައްކަތުގައި ތަަޖުރިބާކާރުން އެހީތެރިކަން ހޯދާނެ ކަމަށާއި އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ ގާނޫނީ އިމުގެ ތެެރެއިން ކަމަށް ވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީގެ މަގުތަކުގައި ބުޅަލުގެ ބޮޑު އާބާދީއެއް އޮންނަ އިރު މި ބުޅާތަކަށް ކާންދީ އަޅައިލުމުގެ ކަންކަން ބައެއް އާއްމުން ކުރެއެވެ.






ކޮމެންޓް