ޚަބަރު

ކޮވިޑާ ގުޅިގެން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ، ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންކަމަށް ކޮވިޑް ބައްޔާ ގުޅިގެން ހަރަދުތައް އާއްމު ކުރާ "ކޮވިޑް 19 ސްޕެންޑިން" ރިޕޯޓުން ދައްކައިފިއެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓްރީ އާއްމުކުރި ރިޕޯޓުން ދައްކާގޮތުގައި ކޮވިޑް 19އާ ގުޅޭ ހަރަދުތަކަށް އެމްޑީއެމްއޭއަށް 8.6 މިލިއަން ރުފިޔާ މިހާތަނަށް ހޭދަ ކޮށްފައިވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، އެކަމާ ގުޅުން ހުރި ތަކެތި ހޯދަން 500 މިލިއަން ރުފިޔާ މިހާތަނަށް ހަރަދު ކޮށްފައިވެއެވެ. އެ ގޮތުން ހެލްތު މިނިސްޓްރީން ހަރަދު ކުރި ވަރު 500.7 މިލިއަން ރުފިޔާއަށް އަރާއިރު ހަމައެކަނި އައިޖީއެމްއެޗަށް ވެސް 145.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައިކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، މުސާރައަށް 298.4 މިލިއަން ރުފިޔާ އަދި ކެޕިޓަލް އިކްވިޕްމަންޓަށް 201.6 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު، އޮޕަރޭޝަނަލް ސާވިސަސް އަށް 195.8 މިލިއަން ހޭދަކޮށްފައިވާކަމަށް ރިޕޯޓުން ހާމަވެއެވެ.

މި ބަލި ކޮންޓްރޯލް ކުރަން މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ހޭދައިގެ ގޮތުގައި 1،715.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް "ކޮވިޑް 19 ސްޕެންޑިން" ރިޕޯޓްގައިވެއެވެ.

ކޮވިޑްގެ ސަބަބުން ލިބުނު އިޤްތިޞާދީ ގެއްލުމުން އަރައިގަތުމަށް އޯޕެކް ފަންޑު ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްއިން، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އާ އެކު 10 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ވަނީ ސޮއި ވެސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!