Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުށްވެރިންގެ ވަނަވަރު ހާމަކުރުމުގައި ތަފާތެއް ނުކުރަން:މިނިސްޓަރ އިމްރާން

ކުށްވެރިންގެ ވަނަވަރު ހާމަކުރުމުގައި ތަފާތެއް ނުކުރަން:މިނިސްޓަރ އިމްރާން

ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ޢާންމުކުރުމުގައި ފުލުހުން އެއްވެސް ތަފާތެއް ނުގެންގުޅޭކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރާއިރު، ހުރިހާ ފަހަރަކު އެއް އުސޫލުން ޢަމަލު ނުކުރަނީ ކީއްވެތޯ ސާފުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް، ލިޔުމުން ޖަވާބު ހޯއްދެވުމަށް ހުށައެޅުއްވި ސުވާލުތަކަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ދިވެހި ފުލުހުން ތަހުގީގްކުރާ ޖިނާޢީ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަބަދުވެސް ހާމަ ކުރަމުން ދަނީ ތަފާތުކުރުމެއް ނެތި އާންމުކުރެވޭ އެއް އުސޫލަކުން ކަމަށެވެ. ކުށްވެރިންގެ ވަނަވަރު ޢާންމުކުރާއިރު ޖިނާއީ ބޮޑެތި ކުށްތަކުގެ ޠަބީއަތާއި ކުށުގެ ކުޑަބޮޑުމިނާ އެކު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާއާއި އެމީހަކީ ތަކުރާރުކޮށް ކުށްކުރާ ރެކޯޑު އޮތް މީހެއްތޯއާއި، އެކުށުގެ ޢަމަލަކާއި ޖުމްލަކޮށް މުޅި މުޖުތަމައުގެ މަސްލަހަތު ގުޅިފައި އޮތް މިންވަރު ފަދަ ކަންކަމުގެ މައްޗަށް ބައްލަވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރާއި، އެ މައްސަލައަކާއި އެމީހަކާ އޮތް ގުޅުންބަލައި މައްސަލައާއި ގުޅޭ މައުލޫމާތު ހާމަކުރުމުގައި ހިންގާ ތަހުގީގަށް ހުރަސް ނޭޅޭގޮތަށް އެ މައުލޫމާތު ހިއްސާކުރުމަށް ވެސް ބަލާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ޓެރަރިޒަމުގެ އަމަލުތަކުގައި ބައިވެރިވާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރާ މީހުންނާއި މަރުގެ މައްސަލަތަކުގައި ބައިވެރިވާ މީހުން ފަދަ ޖިނާއީ ބޮޑެތި ކުށްތަކުގައި ކުށްވެރިންގެ ވަނަވަރު ފުލުހުން އާއްމުކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް