Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖިންސީ ގޯނާއާ ދެކޮޅަށް ބާރުގެ ބޭނުންކުރި ފުލުހުންނަށް އަދި ފިޔަވަޅެއް ނާޅާ!

ޖިންސީ ގޯނާއާ ދެކޮޅަށް ބާރުގެ ބޭނުންކުރި ފުލުހުންނަށް އަދި ފިޔަވަޅެއް ނާޅާ!

މިއަހަރުގެ މެއި 1 ވަނަ ދުވަހުގެ ރޭ ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ރަސްފަންނުގައި މުޒާހަރާ ކުރި ޒުވާނުން ހުއްޓުވުމަށް ނުހަމަ ބާރު ބޭނުންކުރި ފުލުހުން ޢަމަލުކުރި ގޮތާ ގުޅޭ މައްސަލައިގެ ތަހުގީގު ނިމި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ގޮތެއް ނިންމުމުގެ މަރުހަލާގައި ވާކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މެއި 1 ވަނަ ދުވަހު ރަސްފަންނުގައި ބޭއްވި އެއްވުމުން ރޫޅައިލުމަށް ފުލުހުން ޢަމަލުކުރިގޮތާ ގުޅޭގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ،ލިޔުމުން ޖަވާބު ހޯއްދަވަން ބޭނުންވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވަމުން މިނިސްޓަަރ އިމްރާން ވިދާޅުވީ1 މެއި 2021 ވަނަ ދުވަހުގެ ރޭ ރަސްފަންނުގައި ޖިންސީ އަނިޔާއާއި ފުރައްސާރައާ ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތާއި އެ އެއްވުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޔުނިފޯމް ހުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑަށް ސާރވިސް ނަންބަރު ފެންނަގޮތަށް ކަމަށެވެ.

އެރޭގެ މުޒާހަރާ ރޫޅައިލުމުގައި "ކުއިކް ރިއެކްޝަން ޓީމު"ގައި ހަރަކާތްތެރިވި 10 ފުލުހުންގެ ތެރެއިން 8 ފުލުހުންނަކީ ޕަބްލިކް އޯޑާ ޓްރެއިން ފުރިހަމަކޮށްފައިވާ ފުލުހުން ކަމަށާއި އަދި ބާކީ ފުލުހުންގެ ތެރެއިން 1 ފުލުހަކީ ޕަބްލިކް އޯޑާ ޓްރެއިން ހަދާފައި ނުވި ނަމަވެސް ޓީމް ލީޑްކުރަމުން އަންނަތާ އަހަރު ދުވަސްވެފައިވާ ފުލުހެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދެން ހުރި ފުލުހަކީ މިހާތަނަށް ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯސް ފުރިހަމަކޮށްފައި ނުވާ ފުލުހެއްކަމަށް ވެސް އިމްރާންގެ ޖަވާބުގައި ވަނީ ވިދާޅުވެފައެވެ.

Advertisement
Allied — Dhen Online (box)

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ދެއްވި ޖަވާބު ވަނީ އިއްވާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް