ޚަބަރު

ވިސާ ކާޑުތަކުން ޑޮލަރުން މުއާމަލާތް ނުކުރެވޭ އުސޫލަށް އަމަލުކުރުން ފަސްކޮށްފި 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

"ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ރާއްޖޭގައި ތައާރަފްކުރުމާ އެކު ރާއްޖޭގައި ހިންގާ ބޭންކްތަކުން ދޫކުރާ ވިސާ ކާޑުތަކުން ރާއްޖޭގައި ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތަށް ހަދަން ނިންމި އުސޫލަށް އަމަލުކުރުން ފަސް ކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނިންމަައިފިއެވެ.

Ads by STELCO

މިދިޔަ މަހުގެ 15 އިން ފެށިގެން ޓްރާންސެކްޝަންތައް ހިންގޭނީ ދިވެހި ރުފިޔާ ކަމަށް ކުރިން ނިންމައިފައިވީ ނަމަވެސް އެގޮތަށް އަމަލުކުރަން ފަށާނީ އޮގަސްޓް 15 އިން ފެށިގެން ކަމަށް އެމްްއެމްއޭއިން ވިދާޅުވިއެވެ.

ރާއްޖޭގައި ދޫކުރާ ވިސާ ކާޑުތަކުން ކުރާ ވިޔަފާރިތަކުގައި ބައެއް ތަންތަނުން ކަނޑަނީ ޑޮލަރުންނެވެ. ދިވެހި ރުފިޔާ ބޭނުންކުރާ ކާޑުތަކުން ވެސް އެގޮތަށް ޑޮލަރުން ކަނޑަނީ، އެނގިފައިވާ ގޮތުގައި، ބައެއް ވިޔަފާރިތަކުން ރާއްޖެއިން ބޭރުން ގެނެސް ހުންނަ ކާޑު މެޝިންތައް ވެސް މެދުވެރިކޮށެވެ.

ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެ، ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅައިފައިވާ ދަނޑިވަޅެއްގައި، ހިދުމަތްދޭ ފަރާތްތަކަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެވޭތީ އެއުސޫލަށް އަމަލު ކުރުން ފަސްކުރީ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

ވިސާގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް"ގެ ގޮތުގައި އެމްއެމްއޭއިން ކަނޑައަޅައިފައި ވަނީ ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލްއެވެ. އެހެންކަމުން ރާއްޖޭގައި ދޫކުރާ ހުރިހާ ވިސާ ކާޑެއްގެ މައިގަނޑު ސެޓްލްމަންޓް ހަދާނީ ބީއެމްއެލްއިންނެވެ.

Ads by Allied Insurance
  1. ލާމް

    ލޯކަލް ކައުންސިލް އިންތިޚާބުގެ ގިނަ ގޮނިތަކެއް ސަރުކާރަށް ގެއްލުމުގެެ އަސްލަކީ ތިކަހަލަ ފީކަޅާ ނިންމުންތައް!

  2. ލާމް

    ލޯކަލް ކައުންސިލް އިންތިޚާބުގެ ގިނަ ގޮނިތަކެއް ސަރުކާރަށް ގެއްލުމުގެެ އަސްލަކީ ތިކަހަލަ ފީކަޅާ ނިންމުންތަކުގެ ސަބަބުން….މީ ލައްކަވާހަކަ