Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސްޓޮކްގައި މިވަގުތު ހުރީ ކޮވިޝީލްޑް ވެކްސިނުގެ 50 ޑޯޒް

ސްޓޮކްގައި މިވަގުތު ހުރީ ކޮވިޝީލްޑް ވެކްސިނުގެ 50 ޑޯޒް

ރާއްޖޭގައި މިވަގުތު ހުރީ ކޮވިޝީލްޑް ވެކްސިނުގެ 50 ޑޯޒްކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިވަގުތު ރާއްޖޭގައި ހުރީ ކޮވިޝީލްޑް ވެކްސިނުގެ 50 ޑޯޒްކަމަށާއި ފައިޒާ ވެކްސިނުގެ 1026 ޑޯޒް ކަމަށާއި ސިނޮފާރމް ވެކްސިނުގެ 66 ހާސް ޑޯޒްކަމަށެވެ.

ރާއްޖެއިން މިހާރު ވެސް ވަނީ 1،000،000 ޑޯޒްގެ ވެކްސިން ހޯދަން އެކި ފަރާތްތަކަށް ފައިސާ ދައްކައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގެ އެސްޓްރާޒެނިކާއިން 700،000 ޑޯޒްއާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން 300،000 ޑޯޒްއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ރާއްޖެއިން ވަނީ ސްޕަޓްނިކް ވެކްސިންގެ 200،000 ޑޯޒްގެ ވެކްސިން ގަތުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުން އެކުލަވައިލި 500،000 ޑޯޒް ހަދިޔާކުރަން އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށައަޅާފައިވަނިކޮށް ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެހެން ނަމަވެސް ހެލްތު މިނިސްޓަރ ވިދާޅުވީ، އެ ހުށައެޅުން ލިބުމާ ގުޅިގެން އެ ސިޓީގެ ސައްހަކަން ބެލުމަށް ފޮރިން މިނިސްޓްރީއަށް ހުށައެޅި ކަމަށާ މިނިސްޓްރީން ބެލި ބެލުމުން އެ ކުންފުނިން ހުށައަޅައިފައި ވަނީ ފޭކު ޑޮކިއުމަންޓްތަކެއްކަން އެނގިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް