Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖެއިން މިއަހަރު ހައްޖަށް ގެންދިއުމަށް އަމިއްލަ ހައްޖު ގުރޫޕްތަކަށް ފުރުސަތެއް ނެތް

ރާއްޖެއިން މިއަހަރު ހައްޖަށް ގެންދިއުމަށް އަމިއްލަ ހައްޖު ގުރޫޕްތަކަށް ފުރުސަތެއް ނެތް
ހައްޖަށް މީހުން ގެންދިއުމުގެ ވަގުތު ވަރަށް ބޮޑަށް ކުޑަތަންވެފައިވާތީ މި އަހަރު އަމިއްލަ ޖަމްއިއްޔާތަކަށް އެ ފުރުސަތު ދެވެން ނެތްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ހައްޖަށް މީހުން ފޮނުވަން ޕްރޮޕޯސަލް ހުށަހަޅަން މިއަހަރު ހުޅުވައި ނުލަނީ ވެސް ސައުދީ ހައްޖު މިނިސްޓްރީން ރާއްޖެއަށް ދޫކުރާ ކޯޓާގެ އަދަދު ރަސްމީކޮށް އަންގައިފައި ނުވާތީ ކަމަށާއި ރާއްޖެއިން މިއަހަރު ހައްޖަށް ދެވޭނެ މީހުންގެ އަދަދު ނުވަތަ ކޯޓާ ސައުދީ ސަރުކާރުން ރަސްމީކޮށް އެންގުމުން މިހާރުގެ ހާލަތަށް ބަލައި މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު މިއަހަރު ލިބޭނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ކަމަށެވެ.

ޑރ ޒާހިރު ވިދާޅުވީ ކޯޓާގެ އަދަދު ސާފު ކުރުމަށް ސައުދީގެ ހައްޖު މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމުގައިވާނެ ކަމަށާއި އެސިޓީގައި ރާއްޖެއަށް ކޯޓާ ލިބޭނެ އަދަދާއި ހައްޖުވެރިން އަމަލުކުރަން ޖެހޭ އުސޫލާއި މިންގަނޑުތައް ސާފުކޮށްދިނުމަށް އެދިފައި ވާނެކަމަށެވެ. އެހެން ނަމަވެސް އެސިޓީއަށް އަދި ރަސްމީ ސިފައެއްގައި ޖަވާބެއް ލިބިފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސައުދީ ސަރުކާރުން ބުނީ ކޮވިޑާ ގުޅިގެން ހައްޖުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި ހައްޖުވެރިން އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައެޅުމަށް ޓަކައި ގުޅުން ހުރި އިދާރާތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. ހައްޖުވުމަށް ފުރުސަތު ދެވޭ ގައުމުތަކާއި ބައިވެރިންގެ އަދަދާ މެދު ވެސް މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ސައުދީ ސަރުކާރުން ކުރިން ބުނެފައިވެއެވެ.

ރާއްޖެއިން މީގެ ކުރިން ހައްޖަށް މީހުން ގެންދަން ހުއްދެ ދެނީ ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތުން ފަސް ކުންފުންޏަަކަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތު ނުރައްކާވެ ފުރަބަންދު ކުރުމުގެ ސަބަބުން މިދިޔަ އަހަރު ބައިނަލްއަގުވާމީ ހައްޖު ވަނީ ކެންސަލްކޮށްފައެވެ.

Advertisement
Allied — Dhen Online (box)

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް