Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ލުއި ޚަބަރު

އިންޑިއާގައި 28 އެތެއް ކޮވިޑަށް ޓެސްޓުކޮށްފި

އިންޑިއާގައި 28 އެތެއް ކޮވިޑަށް ޓެސްޓުކޮށްފި

އަވައްޓެރި އިންޑިއާގައި 28 އެތެއް، ކޮވިޑް-19އަށް ޓެސްޓު ކޮށްފިއެވެ.

މި 28 އެތަކީ އިންޑިއާގެ ޗެންނާއީގައި ގެންގުޅޭ އެއް ތަކެކެވެ. މި އެއްތައް ކޮވިޑް-19އަށް ޓެސްޓު ކޮށްފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި 28 އެތުގެ ސުންކުތައް މިހާރު ވަނީ އެ ގައުމުގެ ޖަނަވާރުންގެ ހޮސްޕިޓަލަށް ފޮނުވައިފައެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ނަތީޖާ ލިބޭނެ ކަމަށް އެ މީޑިއާއިން ވަނީ ބުނެެފައެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ޓެސްޓު ކުރެވުނު އެތްތަކުގެ އުމުރުފުރާ އުޅެނީ 2 އަހަރާއި 60 އަހަރާ ދެމެދުގައި ކަމަށް ވެސް އެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

މިދިޔަ މަހު އިންޑިއާގެ އުއްތަރު ޕަރުދޭޝްގައި ޓެސްޓު ކުރި ދެ މިނިކާވަގެއް ކޮވިޑް-19އަށް ވަނީ ފައްސިވެފައެވެ. އަދި އަށް ސިންގާއެއް ވެސް މިދިޔަ މަހު 4 ވަނަ ދުވަހު ވަނީ ފައްސިވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް